ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ރާއްޖޭގެ ފަޅު ރަށްތައް ބެލެހެއްޓުން ސިފައިންނާއި ހަވާލުކުރުމައް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފި އެވެ.

ޖާބިރު ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ ފަޅުރަށްރަށާއި ގޮއިފާލައްޕަތައް ހަރުދަނާ ގޮތަކަށް ބެލެހެއްޓެމުން ނުދާތީ އެތަންތަނުން ދައުލަތަށް ލިބެންޖެހޭ މަންފާ އެންމެ އެދެވޭގޮތަށް ލިބެމުން ނުދާކަމަށެވެ.

އަދި އެގޮތަށް ދޫކޮށްލެވިފައި ހުންނަ ފަޅުރަށްތަކަށް ބަޔަކު އަރައި ރާއްޖޭގެ ސަލާމަތަށް ނުރައްކާވާފަދަ ކަންތައްތައް ކުރުމުގެ ފުރުސަތު އޮތްކަމަށާއި އެކަންކަން ހުއްޓުވުމުގެ ގޮތުން ފަޅުރަށްތަކާއި ގޮއިފާލައްޕަތައް ސިފައިންނާ ހަވާލުކުރުމަށް މި ގަރާރުގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

މީގެއިތުރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާނޭ ފަދަ ކަމެއް ކުރުމަށް މިއިން އެއްވެސް ރަށެއް ބޭނުންނުކުރެވޭނެކަން ޔަގީން ކުރުމަށް ރާއްޖޭގެ ސަރަހައްދީ ކޮމާންޑުތަކުން މިފަދަ ރަށްތައް ކައިރީގައި ޕެޓްރޯލް ކުރުމަށްވެސް ޖާބިރުގެ ގަރާރުގައި ގޮވާލާފައި ވެއެވެ.

އަދި މިގޮތަށް ހުރި ތަންތަނުގެ ސާވޭއެއް ހަދާ ރުށްގަހުގެ އިންވެންޓަރީއެއް ހެދުމަށްވެސް ޖާބިރުގެ ގަރާރުގައި ގޮވާލާފައިވެއެވެ.

ކާށިދޫ ދާއިރާގެ މަޖިލިސް ކެމްޕޭންގައި ޖާބިރު ވަނީ ކޭބަލް ކާރު ވިއުގައަކުން ކާށިދޫއާއި އެހެން ރަށްތަކާއި ގުޅާލުމަށް ވަޢުދުވެ ވަޑައިގެންފައެވެ. އަދި ދޭތެރެ ދޭތެރެއިން މީޑިއާތަކުގައި، މިހާތަނަށް ފެނިފައިނުވާ މި ޕްރޮޖެކްޓްގެ އަދާހަމަ މައުލޫމާތުވެސް ދެއްވައެވެ. އަދި ހަގީގަތެއް ނެތް މިވާހަކަތައް ރާއްޖޭގެ ބައެއް މީޑިއާތަކުން ވެސް ގެނެސްދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން