ހުޅުމާލޭގައި ހުންނަ ރެޑްވޭވް މޯލް- އިކޮނަމިކް މިނިސްޓްރީން އާދިއްތަ ދުވަހުން ފެށީގެން ވިޔަފާރިއާ ގުޅޭ ގިނަ ޚިދުމަތްތައް ދޭން ފަށާނެ
ހުޅުމާލޭގައި ހުންނަ ރެޑްވޭވް މޯލް- އިކޮނަމިކް މިނިސްޓްރީން އާދިއްތަ ދުވަހުން ފެށީގެން ވިޔަފާރިއާ ގުޅޭ ގިނަ ޚިދުމަތްތައް ދޭން ފަށާނެ
އަންނަ އާދިއްތަ ދުވަހުން ފެށިގެން ވިޔަފާރި ރެޖިސްޓްރީ ކޮށްދިނުމުގެ ހިދުމަތް ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ މިމަހުގެ 10 ވާ އާދިއްތަ ދުވަހުން ފެށިގެން ހުކުރު ، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ވިޔަފާރިތަކަށް ދެމުންދާ ބައެއް ހިދުމަތްތައް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

ވިޔަފާރިއާގުޅޭ ހިދުމަތްތަކަށް އެދި ހުށަހެޅޭނީ، ބިޒްނަސް ޕޯޓަލް ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އާދިއްތަ ދުވަހުން ފެށިގެން ދޭނެ ހިދުމަތްތަކުގެ ތެރޭގައި ވިޔަފާރި ނަން ފާސްކުރުމާއި، ވިޔަފާރި ނަން ރަޖިސްޓްރީކުރުމާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި، ކުންފުނި ރަޖިސްޓްރީކުރުން ފަދަ ވިޔަފާރީގެ ގިނަ ޚިދުމަތްތައް ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް އެ މިނިސްޓްރީގެ ލައިވް ޗެޓް އަދި ކޯލްސެންޓަރުގެ 1691 މެދުވެރިކޮށް މަޢުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން މާޗު މަހުގެ 19 އިން ފެށިގެން ސަރުކާރު ބަންދުކޮށްފައިވާއިރު، މުވައްސަސާ ތަކުން ކޮންމެހެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް އޮންލައިން ކޮށް ދަނީ ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން