ފުލުހުން ޑެލިވަރީގެ މަސައްކަތުގައި ހަރަކާތްތެރިވަނީ
ފުލުހުން ޑެލިވަރީގެ މަސައްކަތުގައި ހަރަކާތްތެރިވަނީ
ފަސް ފުލުހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ، 170 ފުލުހުން ކަރަންޓީން ކޮށްފައިވާ ކަމަށް ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިރޭ “ރާއްޖެ ޓީވީ”އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ އިމްރާން ވިދާޅުވީ، ފުލުހުންނަކީ އިސް ސަފުގައި މަސައްކަތް ކުރާ ބަޔަކަށް ވުމުން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ފުލުހުންގެ ބޮޑު ކަމަށެވެ. އަދި މިހާތަނަށް ފަސް ފުލުހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ފުލުހުން މި ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑު. ތި ވިދާޅުވިހެން ފަސް ފުލުހަކު މިހާރުވެސް ޕޮޒިޓިވްވެ 170 އަށް ވުރެ ގިނަ ފުލުހުން ކަރަންޓީން ކުރެވިފައިވޭ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، އެހާ ގިނަ އަދަދެއްގެ ފުލުހުން ކަރަންޓީން ކުރަން ޖެހުމަކީ ފުލުހުންގެ މަސައްކަތަށް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެއް ކަމަށެވެ.

"ފުރާނަ އަތްމައްޗަށް ލައިގެން އެބޭފުޅުން އެކުރާ މަސައްކަތަކީ އަޅުގަނޑުމެން ހިތުގެ އަޑިން ބަލައިގަނެ ޝުކުރުވެރިވާން ޖެހޭ މަސައްކަތެއް." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ފަސް ފުލުހަކު މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ކުރިން އެޗްޕީއޭ އިން ވަނީ 20 ސިފައިން ވެސް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން