ރާއްޖޭގައި ހަތް މަހުގެ ތުއްތު ފިރިހެން ކުއްޖަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ކޯވިޑް-19 ޑޭޝްބޯޑުގައިވާ ގޮތުން މިއަދު ޕޮޒިޓިވް ވެފައިވާ ހަތް މަހުގެ ތުއްތު ކުއްޖާއަކީ ފިރިހެން ކުއްޖެކެވެ. ހަތް މަހުގެ މި ކުއްޖާގެ އިތުރުން މިރޭ އިއުލާންކުރި ކޭސްތަކުގެ ތެރޭގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކާއި ހަތް އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.
ރާއްޖެއިން މިއަދު އެކަނިވެސް ކޯވިޑް-19 އަށް 96 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 73 މީހުންނަކީ ބަނގްލަދޭޝް މީހުންނެވެ. ދެން ހިމެނެނީ 18 ދިވެހިންނާއި އިންޑިއާގެ ތިން މީހުންނާއި ނޭޕާލް މީހަކާއި ސްރީލަންކާ މީހެކެވެ. މި ކޭސްތަކާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ 744 އަށް ވަނީ އަރައިފައެވެ.
ރާއްޖޭން މިހާތަނަށް 416 ބަނގްލަދޭޝް މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ބައްޔަށް ޕޮޒިޓިވްވެފައިވާ ދިވެހިންގެ ޢަދަދަކީ 238 އެވެ. ރާއްޖޭން ބަލި ޖެހުނު މީހުންގެ ތެރެއިން 20 މީހުން ރަނގަޅުވެފައިވާއިރު، 3 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު