ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދުވަސް ތަކަކަށްފަހު ރާއްޖޭގައި ޓެގް އަޅުވައިގެން ނުރައްކާތެރި މީހުން މޮނިޓަރ ކުރަން ފަށައިފިއެވެ.

މިރޭ ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ދާޚިލީ ވަޒީރު އިމްރާން އަބްދުﷲ ވިދާޅުވީ މުޖުތަމައަށް ނުރައްކާވާ ފަދަ ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ އަށް މީހަކު މޮނީޓަ ކުރުމަށް ހައި ކޯޓުން "މޮނިކޮން އަމުރު" ނެރެދީފައިވާ ކަމަށެވެ.

"އިއްޔެގަވެސް އަޅުގަނޑުމެންނަށް ވަނީ ހައި ކޯޓުން އަށް ފަރާތެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދެއްވާފައި. އެއީ އެ ފަރާތްތަކުން މުޖްތަމައުގެ ނުރައްކަލަށް ކުރަމުން ގެންދާ ބައެއް ކަންތައްތަކުގެ ސަބަބުން އެފަރާތްތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް ޓެރަރިޒަމް ގާނޫނުގެ ދަށުން ލިބިދޭ އިހުތިޔާރުގެ ދަށުން ހޯމް މިނިސްޓްރީން އެދިގެން ހައިކޯޓުން ވަނީ އަށް ފަރާތެއް ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް އަމުރު ނެރެދެއްވާފައި." އިމްރާން ވިދާޅުވި އެވެ.

މިގޮތުން އަމުރު ނެރެވުނު މީހުންނަކީ، ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން ފާހަގަ ކުރެވުނު އަށް މީހަކު ކަމަށް އިމްރާން ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، މި ފަހުން ރާއްޖޭގައި ހިނގި އަލިފާނުގެ ބޮޑެތި ގިނަ ކާރިސާތަކަކީ، ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ދީފައިވާ ޓެރަރިޒަމްގެ ހަމަލާތަކެއް ކަމަށެވެ.

ޓެރަރިޒަމްގެ ކުށް ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް، މޮނީޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ ހަތަރުވަނަ ބާބުގެ 29 ވަނަ މާއްދާގެ (ހ )ގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން