އައްޑޫ ސިޓީން ކޮވިޑް 19އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެމީހާ އަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައި މީހެކެވެ.
އެމީހާ ކޮވިޑް 19އަށް ޕޮސިޓިވް ވީކަން އެނގުނީ އައިޖީއެމްއެޗަށް ގެންދާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ހެދި ޓެސްޓު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުމާއިއެކު އެމީހާއަށް ފަރުވާ ދިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ކޮޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ފަށައި އައްޑޫސިޓީ ވަނީ މޮނިޓަރިންގް ގެ ހާލަތަށް ގެނެވިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމީހާ އަކީ މާޗް10 ވަނަ ދުވަހު ރިސޯޓަކުން އައްޑޫސިޓީ އަށް އައިސްފައިވާ މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ބާރު ސްޕީޑެއްގައި އިތުރުވަމުންދާއިރު މި ހިނގާ މެއި މަހުގެ 30 އާއި 31 ގައި ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހޭނެ ކަމަށް ރާއްޖޭގެ ޞިއްޙީ މާހިރުން ވަނީ އަންދާޒާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު