"ޖިންސް އިސްލާޙް" ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއްކަމަށް ދޭހަވާ މޭރުމަކުން ޝައިޚް ޙުސައިން ރަޝީދު އަޙްމަދު ވާހަކަދެއްކެވުމާ ގުޅިގެން އެއީ ފިތުނަ އުފެއްދުން ކަމަށް ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް ސަރުކާރަށް ޝަކުވާ އުފުއްލަވައިފިއެވެ.
ދިވެހި ޒުވާނަކު ބޭސް ބޭނުންކޮށްގެން އޭނާގެ "ޖިންސް" ބަދަލުކޮށްފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށް ސައުދީ އަރަބިއްޔާގެ ރިޔާޒްގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އިސް މަގާމެއްގައި ހުންނެވި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޚް ހުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވާ ލިއުމެއްގައި ވިދާޅުވެފައިވަނީ، ޚުންޘާ އިންނަށް "ޖިންސު އިސްލާހް" ކުރުން ހުއްދަ ކަމަށާއި، އެއީ ޢާއްމުކޮށް ޖިންސު ބަދަލު ކުރުމޭ ދިވެހިން ކިޔައިއުޅޭ، ޢަމަލީ ޖިންސު ބަދަލު ކުރުން ނޫން ކަމަށެވެ.
ދާދިފަހުން ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއިން ވަކިކޮށްފައިވާ ޑރ. އިޔާޒް ވަނީ، އެކަމާ ގުޅިގެން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޓެގް ކުރަށްވައި ޝައިޚް ޙުސައިންގެ ޝަކުވާ އުފުއްލަވާފައެވެ. ޑރ. އިޔާޒް ވިދާޅުވީ، ޤާނޫނު ހިނގަންޖެހޭނީ ވަކިބައެއްގެ މައްޗަށް އެކަނި ނޫން ކަމަށާއި، ޝައިޚް ޙުސައިންނަށް ފިޔަވަޅުއަޅަން ޖެހޭ ކަމަށެވެ.
"ޑިޕްލޮމެޓިކް މަޤާމެއްގައި ހުރެ ޝައިޚް ޙުސައިން ރަޝީދު އަޙްމަދު ފަތުރުއްވާ ފިތުނަ ހުއްޓުވަންޖެހޭ." އަންހެން ކުދިން ހިތާނު ކުރުމަށް ތާއީދުކޮށް ވާހަކަ ދައްކަވާ ކަމަށް ބުނެ ގައުމީ ޔުނިވަރސިޓީން ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކޮށްފައިވާ ޑރ. އިޔާޒާމެދު އެޅި ފިޔަވަޅުގެ މަތީން ހަނދާންކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ.
ޝައީޚް ޙުސައިން ލިޔުއްވާފައިވާ ލިޔުއްވުމުގައި އަންހެނުން ފިރިހެން ވެގެން އުޅުމާއި ފިރިހެނުންގެ ހެދުންލުމާއި ހަމައެފަދައިން ފިރިހެނުން އަންހެން ދުޅާވެގެން އުޅުމާއި، އަންހެން ހެދުންލައިގެން އަންހެން ދުޅާވެގެން އުޅޭ މީހުންނަށް ކީރިތި ރަސޫލާ ލަޢުނަތް ލައްވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.
ނަމަވެސް ޤުދުރަތީ ގޮތުން ޚުންޘާއެއްގެ ގޮތުގައި އުފެދިފައި ހުންނަ މީހަކަށް ޖިންސް އިސްލާޙް ކުރެވިދާނެ ކަމަށް ޢިލްމުވެރިންނާ ޙަވާލާ ދެއްވައި ޝައިޚް ޙުސައިން ރަޝީދު ވިދާޅުވެފައި ވެއެވެ.
ޝައިޚް ހުސައިން ރަޝީދަކީ މިފަދަ ދީނީ ކަންކަމުގައި ޑރ. އިޔާޒާ އާންމުކޮށް ވަރަށް ބޮޑަށް ދެބަސްވެ ޚިޔާލު ތަފާތުވެ، ތަފާތު ފަތުވާތައް ނެރުއްވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު