ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ވެމްކޯ އިން ފައްސިވެފައިވަނީ ބައްޔަށް ޝައްކު ކުރެވިގެން ގޭގައި މަޑުކުރުމަށް އަންގާފައިވާ މުވައްޒަފެކެވެ. އޭނާ ގޭގައި މަޑުކުރުމަށް އަންގާފައިވަނި މި މަހުގެ ދެ ވަނަ ދުވަހުއެވެ.
ވެމްކޯ އިން ބުނީ އެ ކުންފުނީގެ ކޯލް ސެންޓަރ ގައި މަސައްކަތްކުރާ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އިއްޔެ ކަމަށެވެ.
އެކަމާ ގުޅިގެން، އެ މުވައްޒަފާއެކު މަސައްކަތްކުރި އެހެނިހެން މުވައްޒަފުންވެސް މިހާރު އައިސޮލޭޓް ކޮށްފައިވާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ވެމްކޯއިން ބުނެފައި ވަނީ އެކަމާ ގުޅިގެން އެ ކުންފުނީގެ ޚިދުމަތަށް މެދުކެނޑުމެއް ނައިސް ޚިދުމަތް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަމުން ދާ ކަމަށެވެ. އަދި އެކުންފުނިން ދެމުންގެންދާ ކުނި އުކާލުމުގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ދަތި ދަނޑިވަޅުގައި އެކުންފުނިން އެންމެ އިސްކަމެއް ދެނީ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ވެށި ނުތާހިރު ވިޔަ ނުދީ، ބެލެހެއްޓުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު