މާލެ ސަރަހައްދުގައި ލޮކްޑައުން އަމުރާ ޚިލާފުވި 3064 މީހަކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މީގެތެރެއިން ލޮކްޑައުން އާއި ޚިލާފުވެގެން 171 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެސިޓީ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު ލޮކްޑައުންގެ ހާލަތުގައި ކަމާބެހޭ ފަރާތުގެ ހުއްދަ ލިބިގެން ނޫނީ މަގުމައްޗަށް ނުކުމެ އުޅުމަކީ ލޮކްޑައުންގެ ހާލަތާ ޚިލާފު ކަމެކެވެ. މިގޮތުން މި އަމުރާ ޚިލާފުވެގެން، މާލެސިޓީން 2639 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މީގެތެރޭގައި ހުޅުމާލެއިން ޖޫރިމަނާކުރި 353 މީހަކާއި ވިލިމާލެއިން ޖޫރިމަނާ ކުރި 72 މީހަކު ވެސް ހިމެނެއެވެ.
މިދިޔަ ހުކުރު ދުވަހު އެކަނިވެސް ލޮކްޑައުންއާއި ޚިލާފުވެގެން މާލެ ސަރަހައްދުން 220 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި 9 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކޮވިޑް-19 ރޯގާބަލިމަޑުކަން މާލެ ސަރަހައްދުގައި ފެތުރެން ފެށުމާއެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. މާލެސިޓީގެ އިތުރުން އަތޮޅު ތަކުގެ ބައެއް ރަށްތައް ވެސް ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ހުއްދަ ނެތި އެއްވެސް ރަށަކަށް އަރާފޭބުން ވެސް ވަނީ މަނާކޮށްފައެވެ.
ރާއްޖޭގައި މިހާތަނަށް 744 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ލަފާކުރާ ގޮތުގައި، ހިނގަމުންމިދާ ހަފްތާއާއި އަންނަ ހަފްތާގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު