އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށްދަނީ- ކޯވިޑް-19 އަށް އައްޑޫ ސިޓީގައި ޓެސްޓް ހެދެން ނެތުމަކީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ކަމެއް
އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށްދަނީ- ކޯވިޑް-19 އަށް އައްޑޫ ސިޓީގައި ޓެސްޓް ހެދެން ނެތުމަކީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ކަމެއް
ކަންކަން ވާނީ އެ ބައެއްގެ ކަންކަމާ އެ ބަޔަކު އަމިއްލަ އަށް އުޅުނު ވަރަކުން ކަމަށް ވިދާޅުވެ، ކޯވިޑް-19 އަށް އައްޑޫސިޓީގެ ތައްޔާރީތައް ކުޑަކަމުގެ ހިތްހަމަނުޖެހުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ނިޒާރު ފާޅުކުރައްވައިފިއެވެ.

އައްޑޫގައި ކޯވިޑް-19 އަށް ޓެސްޓްނުކުރެވޭތީ އާއި އެ ބައްޔަށް ހާއްސަކޮށްގެން އައްޑޫގައި ތައްޔާރުކުރަން ބުނި ހޮސްޕިޓަލްގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ އެކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ނިޒާރު މިއަދު ވަނީ ޓްވީޓެއް ކުރަށްވާފައެވެ.

"އައްޑޫގައި ކޯވިޑް-19 އަށް ޓެސްޓް ހެދޭނެ ގޮތެއް ނެތުމާއި އައްޑޫ ކޯވިޑް ހޮސްޕިޓަލް ނިންމަން ކަނޑައެޅި އެކާވީސް ދުވަސްތެރޭ ނުނިމި ވަނީ ކަން ކުރައްވަން ތިބި މީހުންގެ ނުކުޅެދުންތެރިކަމުން." އޭނާ ވިދާޅުވި އެވެ.

މި މައްސަލަތަކާ ގުޅިގެން ނިޒާރު ކަންބޮޑުވުން ފާޅުކުރެއްވި އިރު، އައްޑޫން ރޭ ފަރުވާއަކަށް މާލެ ގެނައި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އަދި މިއާއެކު އައްޑޫގައި މިހާރު ވަނީ ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ފަށައިފަ އެވެ.

އައްޑޫގައި ކޯވިޑް-19 އަށް ހާއްސަ ހޮސްޕިޓަލެއް ހަދާނެކަން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން (އެންއައިއޯ) ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގި އިމާރާތުގައި 23 އައިސީޔޫ އެނދާއި، 22 އައިސޮލޭޝަން އެނދު ހިމެނޭ ގޮތަށް އެ އިމާރާތަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

އަދި އައްޑޫން ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމުތައް ވެސް ވަރަށް އަވަހަށް ހަމަ ޖެހިގެންދާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެމަސައްކަތް އަދި ފަށާފައެއް ނުވެއެވެ. ވައިރަހާ ގުޅިގެން އައްޑޫގައި ހުޅުވި ފްލޫ ކްލިނިކް ވެސް ހިންގަނީ އެޗްއާރްއެޗްގެ ގޯތިތެރޭގައި ހުންނަ އިމާރާތެއްގަ އެވެ.

އައްޑޫގައި ކަރަންޓީނު ފެސިލިޓީތައް ވެސް ގާއިމުކޮށް އެތަންތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ކެނަރީފް ރިސޯޓާއި ގަމުގެ ދޫގަހެވެ. މީގެއިތުރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވަނީ ހަތަރު އެނދުގެ އައިސޮލޭޝަން ރޫމެއް ވެސް ހަމަޖައްސައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން