ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2600 އަށްވުރެ ގިނަ ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަމުންދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން މިދިޔަމަހުގެތެރޭގައިވަނީ ހުޅުމާލޭގައި ބިދޭސީންނަށް އެކަމަޑޭޝަން ޤާއިމުކޮށްދިނުމަށް އަމިއްލަ ކުންފުނިތަކަށް ހުޅުވާލާފައެވެ. މިކަމަށް ހުޅުވާލުމުން ފަސް ކުންފުންޏަކުންވަނީ މިކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އެހީވުމަށް ހުށައަޅާފައެވެ.
އެޗްޑީސީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމަށް އަމިއްލަ ކުންފުނިތަކުގެ އެހީގައި ހަދާ އެކަމަޑޭޝަން ބްލޮކްތައް ހަދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަމަށެވެ. 3 ޕްރޮޖެކްޓަކަށް ބަހާލައިގެން ހަދާ މިއެކަމަޑޭޝަން ބްލޮކްތަކުގައި 2684 ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް މަޢުލޫމާތުލިބެއެވެ. މިދިޔަމަހު މަސައްކަތް ފަށާފައިވާ މިއިމާރާތްތަކަކީ ޕްރީފެބްރިކޭޓް އިމާރާތްތަކެކެވެ. މިމަސައްކަތުގެ 50 އިންސައްތައަށްވުރެ ބޮޑު ބައި މިހާރުވަނީ ނިމިފައެވެ.
މިގޮތުން އެސްޓީއޯއާއި ބީޔޫސީޖީ އާއި ޖައުސާ ގުޅިގެން 1292 މީހުންގެ ޖާގައިގެ ފެސިލިޓީއެއްދަނީ ހަދަމުންނެވެ. 6 ބިލްޑިންގ ބްލޮކް އާއި 96 ފާޚާނާ ހިމެނޭ ގޮތަށް ހަދާ މިފެސިލިޓީގައި 310 މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭނެ ކެންޓީނެއްވެސް ހިމެނެއެވެ. މި ޕްރޮޖެކްޓްގެ 50 އިންސައްތައަށްވުރެ ބޮޑު ބައެއް ނިމިފައިވާއިރު، މިމަހުގެ 18 އަށް މުޅިން މަސައްކަތް ނިންމާލެވޭނެކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.
މީގެއިތުރުން އެމްޕީއެލްއާއި އެސްޖޭ ގްރޫފާއި ފެޑޯ ގުޅިގެންވެސް 592 މީހުންގެ އެކަމަޑޭޝަން ބްލޮކްތަކެއް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ޕްރީފެބްރިކޭޓް ނޫނީ ރާވާލެވޭގޮތަށް ހަދާ 6 އެކަމަޑޭޝަން ބްލޮކާއި، 42 ފާޚާނާއާއި 154 މީހުންނަށް އެއްފަހަރާ ބޭނުންކުރެވޭ ކެންޓީނެއްދަނީ ހަދަމުންނެވެ. މި މަސައްކަތުގެވެސް 50 އިންސައްތަ އަށްވުރެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. މި އެކަމަޑޭޝަން ބްލޮކްގެ މަސައްކަތްވެސް މިމަހުގެ 18 އަށް ނިންމުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަންގެ އެހީގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 800 ބިދޭސީންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމުގެ ގޮތުން 6 ބިލްޑިންގ ބްލޮކް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިބިލްޑިންގ ބޮލްކްގައި 84 ފާޚާނާއާއި، އެއްފަހަރާއި 175 މީހުންނަށް ބޭނުންކުރެވޭނެ ކެންޓީނެއް ހިމެނެއެވެ. މި މަސައްކަތުގެ 60 އިންސައްތަ އަށްވުރެ ބޮޑު ބައެއް ނިމިފައިވާއިރު، މިމަހުގެ 18ވަނަ ދުވަހަށް މުޅި ބްލޮކްގެ މަސައްކަތް ނިންމާލެވޭނެކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ މި ހަފްތާގެ ތެރޭގައިވެސް ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 667 އެނދުގެ ފެސިލިޓީއެއްގެ މަސައްކަތް ނިންމާފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ ތޮއްޖެހިފައިވާ ތަންތަނާއި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަނުން ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

Construction of STO Hiya temporary quarter is currently underway in Phase II, Hulhumalè . Expected to be completed by 18 May 2020, these two blocks will shelter 1292 people.
— HDC (@hdcmaldives) May 6, 2020
we appreciate @BUCG & @JAUSA for their services & support in safeguarding the well being of our community pic.twitter.com/z5HerLrhlX
މީގެ އިތުރުން ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަންގެ އެހީގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 800 ބިދޭސީންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމުގެ ގޮތުން 6 ބިލްޑިންގ ބްލޮކް ހެދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިބިލްޑިންގ ބޮލްކްގައި 84 ފާޚާނާއާއި، އެއްފަހަރާއި 175 މީހުންނަށް ބޭނުންކުރެވޭނެ ކެންޓީނެއް ހިމެނެއެވެ. މި މަސައްކަތުގެ 60 އިންސައްތަ އަށްވުރެ ބޮޑު ބައެއް ނިމިފައިވާއިރު، މިމަހުގެ 18ވަނަ ދުވަހަށް މުޅި ބްލޮކްގެ މަސައްކަތް ނިންމާލެވޭނެކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ މި ހަފްތާގެ ތެރޭގައިވެސް ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 667 އެނދުގެ ފެސިލިޓީއެއްގެ މަސައްކަތް ނިންމާފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ ތޮއްޖެހިފައިވާ ތަންތަނާއި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަނުން ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު