އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ޑޮކްޓަރަކާއި ނަރުހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ނަޒީމް ވިދާޅުވީ، އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދާ ޑޮކްޓަރަކާއި، ނަރުހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އައިޖީއެމްއެޗްގެ މަސައްކަތުގެ ތެރެއިން ނޫން ކަމަށެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ޑޮކްޓަރުންނާއި ނަރުހުންނަކީ، ކޯވިޑް-19 އާ ގުޅިގެން ފްރަންޓްލައިންގައި ގިނަ މަސައްކަތްތަކެއް ކުރާ ބައެކެވެ.
އެގޮތުން އައިޖީއެމްއެޗުގައި ވިހަން އެޑްމިޓް ކުރި މާބަނޑު އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާއާ ކޮންޓެކްޓް ވެފައިވާ 16 މީހަކު ކަރަންޓީނު ފެސިލިޓީތަކަށް މިހާރު ގެންގޮސްފައިވާ ކަމަށްވެސް ޑރ. ނަޒީމު ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުއައްސަސާތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސާރވިސްގެ 5 މީހަކާއ، އެންއެންޑީއެފްގެ 20 މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެމުއައްސަސާތަކުގެ އެތައް ބަޔަކު ކަރަންޓީނުގައި ވެސް އެބަތިއްބެވެ.
ފްރަންޓްލައިންގައި މަސައްކަތް ކުރާ އެހެން ބައެއް އޮފީސްތައް ކަމަށް ވާ އެސްޓީއޯގެ 3 މުވައްޒަފަކާއި، މޯލްޑިވްގޭސްގެ މުވައްޒަފަކާއި، ވެމްކޯގެ މުވައްޒަފެއްގެ އިތުރުން އެމްޓީސީސީ އާއި، އެމްޕީއެލްގެ މުވައްޒަފަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި މިއަދުވެސް ވަނީ 22 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު ޕޮޒިޓިވް ވި މީހުންގެ ޖުމްލަ ވަނީ 766 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު