އައްޑޫ ސިޓީ 14 ދުވަހަށް ލޮކްޑައުން ކޮށްފިއެވެ.
އެ ސިޓީގެ ހުރިހާ ރަށެއް ލޮކްޑައުން ކޮށްފައި މިވަނީ މިއަދު އެސިޓީން މާލެ ގެނައި ހިތުގެ ބަލީގެ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވުމާއި ގުޅިގެންނެވެ. އެމީހާ ޓެސްޓުކުރީ އައިޖީއެމްއެޗުގައި އެޑްމިޓްކުރާ މީހުން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް އެކުލަވާލާފައިވާ އާންމު އުސޫލުގެ ދަށުންނެވެ.
އައްޑޫ ސިޓީ ލޮކްޑައުން ކުރަން ނިންމީ އާންމުންގެ މެދުގައި ބަލި ފެތުރެމުންދާކަމަށް ބަލައި އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށްކަމަށް އެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި މި ލޮކްޑައުން އެހާ ލުއިކޮށް ނުނަގަން ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ކޯވިޑް-19 އަށް މިއަދު އެ ސިޓީން ޕޮޮސިޓިވްވި މީހާއާ ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކިރިޔާވެސް ޝައްކެއް ވާނަމަ އެމައުލޫމާތު އެއަވަށެއްގެ ހެލްތު ޑެސްކަށް އަންގައިދޭން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
ލޮކް ޑައުންއާއި އެކު އެ ސިޓީގައިވެސް ބޭރަށް ނުކުތުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭގޮތަށް ވަނީ ހަމަޖައްސާފައި އެވެ. އަދި ތަކެތި ޑެލިވަރީ ކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 766 މީހަކު ޕޮސިޓިވްވެފައިވާއިރު ތިން މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު