ޔޫރަޕްގެ ގައުމުތަކުގައި ދިވެހި މަހަށް އޮތް އަގު ދެގުނަ އަށް އުފުލިފައިވާ ކަމަށް މޯލްޑިވްް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނުން ބުނެފިއެވެ.
އެ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ޔޫރަޕްގެ ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެސް ވަރެއްގެ ލުއި ތަކެއް ދެމުންދާއިރު ރާއްޖެއިން އެކްސްޕޯޓު ކުރާ މަހުގެ އަގު އުފުލެން ފަށާފައިވާ ކަމަށެވެ. އެގޮތުން ކުރިން 25 ރުފިޔާއަށް ގަންނަމުންދިޔަ ބޮޑު ކަންނެލި މަސް ކިލޯއެއް މިހާރު ގަންނަނީ 60 ރުފިޔާ އަށް ކަމަށް ބުނެފައިވެއެވެ.
އެ ޖަމިއްޔާއިން ވަނީ ޔޫރަޕްގައި ފިނިކުރި ރޯހަމަށް އޮންނަ މާކެޓް ގެއްލުނަ ނުދީ ދިވެހި މަސްވެރިން ހިތްވަރާއެކު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ބުނެފަ އެވެ. އަދި މިވަގުތު އިގްތިސޯދަށް ބޭނުން ޑޮލަރު ހޯދޭނެ ސިނާއަތަކީ މަސްވެރިކަން ކަމަށް ބުނެފައިވެ އެވެ.
ސީފުޑް އެސޯސިއޭޝަނުން ބުނީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ ފަރާތްތައް މިހާރުވެސް މަސްވެރިކަމަށް ނުކުންނަ ކަމަށެވެ. އެކަމަކު ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މަސްވެރިކަމަށް ނުނުކުންނަކަން ފާހަގަކޮށް ބުުނެފައިވަނީ މިހާލަތުން އަރައިގަތުމަށް އާ ހިތްވަރަކާއި އެކު ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މަހަށް ނުކުންނަން ޖެހިފައިވާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ މުޅި ރާއްޖެ ފުރަ ބަންދުގައި އޮތް ނަމަވެސް މަހަށް ފުރުމާއި މަސް ކިރުވުމުގެ އިންތިޒާމް ތައް ހަމަ ޖެއްސުމުގައި އެއްވެސް ހުރަހެއް މަސްވެރިންނަށް ނެތްކަމަށެވެ. އަދި މިދުވަސްވަރަކީ ރާއްޖެއަށް މަސްވެރިކަން ރަނގަޅު ދުވަސް ވަރަކަށް ވާއިރު މަހަށް ނުކުމެ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ބާނާ މަހަށް ވަގުތުން އަގު ލިބޭނެކަމަށްވެސް އެޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ގައުމުތައް ލޮކްޑައުން ކުރުމުން ރާއްޖެއިން ބޭރު ގައުމުތަކަށް މަސް އެކްސްޕޯޓު ކުރުން އޮތީ މުޅިންހެން ހުއްޓިފައެވެ. ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓު ކުރާ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީ، ޖަރުމަނުވިލާތް އަދި ފްރާންސް ފަދަ ގައުމުތަކަކީ ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިގެން ގޮސްފައިވާ ގައުމުތަކެވެ.
ކޯވިޑް-19 އާއި ގުޅިގެން އިގްތިސޯދު ސަލާމަތް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ޔޫރަޕްގެ މާކެޓު ރަނގަޅުވަންދެން މަސްވެރިން އަތުން މަސް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސް ގަންނަ ކުންފުނިތަކަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ސަރުކާރުން ހަމަޖައްސައިދީފައި ވެއެވެ. އަދި މަސްވެރިން އަތުން ގަންނަ މަސް ރައްކާކުރެވޭނެ ސްޓޯރޭޖް ތަކެއްވެސް ހަމަޖައްސައިދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު