އައްޑޫއިން މާލެއަށް ގެނައި ބަލި މިހާ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭނާއާ ކޮންޓެކްޓް ވި 7 ޑޮކްޓަރުންނާއި 10 ނަރުހުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހޯދިފައިވާ ކަމަށް ހާމަކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލާއި، އިކުއިޓޯރިއަލް ހޮސްޕިޓަލުން ފޭސްބޫކް ލައިވް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރަމުން ބުނީ، އައްޑޫއިން މާލެއަށް ގެނައި ބަލި މީހާ ޕޮޒިޓިވްވެފައި ވާއިރު އޭނާއާއި 26 މީހަކު ކޮންޓެކްޓު ވެފައިވާ ކަމަށެވެ. އޭގެތެރެއިން 7 ޑޮކްޓާރުންނާއި 10 ނަރުހުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހޯދިފައިވާ ކަމަށް ވެސް ބުންޏެވެ.
މިކޭސް އިތުރަށް ތަފްސީލް ކޮށްދެއްވަމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފު ސާދާތު ވިދާޅުވީ، އިއްޔެ ހެނދުނު 8 ޖަހާކަށް ހާއިރު ބަލި މީހާ ފުރަތަމަ ދައްކާފައި ވަނީ އީއާރަށް ކަމަށެވެ. އެއަށް ފަހު ޖެނެރަލް ފިޒީޝަން އަކަށް ދައްކާފައިވެސް ވެއެވެ. އަދި އޭނާއަކީ ހިތުގެ ބަލީގެ ބަލިމީހެއް ކަމަށް ޝަރަފު ފާހަގަކުރެއްވިއެވެ. ކާޑިއެކް ޓެސްޓުތައް ހެދުމަށްފަހު އެމީހާގެ އިތުރު ޓެސްޓްތަކެއް ހަދަން ޖޭހޭތީ އައިޖީއެމްއެޗުން އެޓެސްޓްތައް ހަދަން ލަފާދިނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހިސާބުން އާސަންދައާ ގުޅިގެން ބަލި މީހާ މާލެއަށް ބަދަލުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްފަހު ބަލި މީހާ ފުރުވާ ލެވުނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ޝަރަފު ވިދާޅުވިއެވެ. ފަސް ވަރަަކަށް ޑޮކްޓަރުން ވަނީ އެކި ފަހަރު މަތިން ބަލި މިހާއާ ކޮންޓެކްޓް ވެފައި ކަމަށާއި އޭގެ އިތުރުން ޑިއުޓީގައި ތިބި ނަރުހުންގެ ތެރެއިން ތިން ޝިފްޓެއްގައި ތިބި ނަރުހުންވެސް ބަލި މީހާއަށް ހިދުމަތް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ޝަރަފު ވިދާޅުވިއެވެ. ގާތްގަނަޑަކާށް މިވަގުތު 10 ވަރަކަށް ނަރުހުންނާއި 7 ޑޮކްޓަރުން ކޮންޓެކްޓް ޓްރޭސިންގގައި ފާހަގަ ކުރެވިފައިވާ ކަމަށް ޝަރަފު ވިދާޅުވިއެވެ.
އައްޑޫއިން މާލެއަށް ގެނައި ޕޭޝަންޓު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށް ޝަރަފު ވިދާޅުވިއެވެ. މައުލޫމާތު ލިބުމާ އެކު ބަލި މީހާއާ ކޮންޓެކްޓް ވި ހުރިހާ ފަރާތްތަކަށް ގުޅައިގެން ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑައިރެކްޓް ކޮންޓެކްޓްވީ މީހުން ދެނެގަތުމަށް މަސައްކަތް ކުރާއިރު މޯލްޑިވިއަންގެ ސްޓާފުންނާއި އެއާޕޯޓް މުވައްޒަފުންނާއި ބަލި މީހާއަށް ހިދުމަތް ކުރުމުގައި މަސައްކަތް ކުރި ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން ވެސް މީގެތެރޭގައި ހިމެނެއެވެ. އޭގެތެރޭގައި އެޓެންޑެންޓުން، ނަރުހުން އަދި ޑޮކްޓަރުން ހިމެނޭ ކަމަށް ޝަރަފު ވިދާޅުވިއެވެ. އަދި އެ ފަރާތްތައް ވަކިން ތަނެއްގައި އެކަހެރި ކުރެވިފައިވާ ކަމަށްވެސް ޝަރަފު ވިދާޅުވިއެވެ.
ޝަރަފު ވިދާޅުވީ އައްޑޫން ކޯވިޑް-19 އަށް ޕޮޒިޓިވްވީ ފަރާތާއި މިހާތަނަށް 26 ފަރާތެއް ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފެނިފައިވާ ކަމަށެވެ. އަދި ސެކަންޑަރީ ކޮންޓެކްޓްސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝަރަފު ވިދާޅުވިއެވެ.
އައްޑޫ އިން މީހަކު ޕޮޒިޓިވްވުމާއެކު ކޮމިއުނިޓީ ސްޕްރެޑެއް ފެނިގެން ދާނެ ކަމަށް ބެލެވި މުޅި އައްޑޫ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. މި ލޮކްޑައުންގެ މުއްދަތަކީ 14 ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު