މާލޭގައި ބޭނުން ކުރަމުން ގެންދާ ބައެއް އެމްބިއުލާންސް- އައްޑޫސިޓީގައި ކޯވިޑް ބަލިމީހާ އުފުލި އެމްބިއުލާންސްގައި ނޭނގި އެހެން މީހަކު ވަނީ އުފުލާފައި
މާލޭގައި ބޭނުން ކުރަމުން ގެންދާ ބައެއް އެމްބިއުލާންސް- އައްޑޫސިޓީގައި ކޯވިޑް ބަލިމީހާ އުފުލި އެމްބިއުލާންސްގައި ނޭނގި އެހެން މީހަކު ވަނީ އުފުލާފައި
އައްޑޫ ސިޓީން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާ އުފުލި އެމްބިއުލާންސުގައި ކިޑްނީ ބައްޔަށް ފަރުވާ ކުރަމުން ދިޔަ މީހަކުވެސް އުފުލި ކަމަށް އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ފޭސްބުކް ލައިވް މެދުވެރިކޮށް މައުލޫމާތު ދެއްވަމުން އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ފަރާތުން ބުނީ، ރޭ މާލެއަށް ގެނައުމަށް ފުރުވާލަން އެއާޕޯޓަށް ގެންދިޔަ ބަލި މިހާ ގެންދިޔަ އެމްބިއުލާންގައި އެއާޕޯޓުގައި ހުރި ބަލި މީހަކު އިކުއިޓޯރިއަލް ހޮސްޕިަޓަލަށް ގެންދިޔަ ކަަމަށެވެ. އެހެން އެކަން ކޮށްފައިވަނީ އައްޑޫއިން މާލެއަށް ފުރުވާލި ބަލި މިހާއަކީ ކޯވިޑް-19 ގެ އަލާމާތް ހުރި މީހެއް ކަމަށް އޭރު ނޭނގޭތީ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

"ރޭ ފުރުވަން ހަމަޖެހިފައި އޮތް 2 ޕޭޝަންޓުންގެ ތެރެއިން ކިޑްނީ ބައްޔަށް ފަރުވާ ކުރުމަށްޓަކައި މާލެ ފޮނުވާލަން ޖެހުނު ޕޭޝަންޓް އަނބުރާ ހޮސްޕިޓަަލަށް ގެންނަން ޖެހުނު. އެ އެމްބިއުލާންސްގައި މިކޮޅަށް ގެނައީ. އޭރު އަޅުގަނޑުމެންނަކަށް ނޭނގޭ މި ބަލި މީހާ އަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި ބަލި މީހެއް ކަމެއް. އެހެންކަމުން މިހާރު އެ ޕޭޝަންޓްވެސް ހާއްސަ ހާލަަތަށް ގެނެސްގެން މޮނިޓަރިންގަ ގެންގުޅެމުން މިދަނީ" އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.

އައްޑޫއިން އައިޖީއެމްއެޗަށް ގެނައި ބަލި މީހާ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު އައްޑޫ ސިޓިގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަމަށް ބެލެވިގެން މިހާރު މުޅި އައްޑޫ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. މިހާރު އައްޑޫގައި ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން މިހާރު އިކުއިޓޯރިއަލް ހޮސްޕިޓަލުން 7 ޑޮކްޓަރުންނާއި 10 ނަރުހެއް ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިފައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އަދި މި ދަނޑިވަޅުގައި އައްޑޫގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ކެޕޭސިޓީ އިތުރު ކުރަން ބޭނުންވާތީ ކަމާބެހޭ ފަރާތަތަކާ ވާހަކަ ދައްކައިގެން ޓެސްޓު ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން