ދިވެހި ސިފައިންގެ ހިތްވަރާއި ނުގުޑާ އަޒުމާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ދިފާޢީ ވަޒީރު މިފަދަ މޭރުމަކުން ސިފައިންނަށް ތަޢުރީފް ކުރައްވައި ޓުވީޓެއް ކުރައްވާފައި މިވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތުގައި އުޅުނު އެމްއެންޑީއެފްގެ އޮފިސަރުންތަކެއް، ކޯވިޑް-19 އަށް ޕޮޒިޓިވްވުމަށް ފަހުގައިވެސް އެ ފެސިލިޓީގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދަވާތީ އެކަމަށްޓަކައި ސިފައިންނަށް ޝުކުރުއަދާކުރައްވައި އެކަން ފާހަގަ ކުރެއްވުމުގެ ގޮތުންނެވެ. އަދި ދިވެހި ސިފައިންގެ މި ހިތްވަރާއި ނުގުޑާ އަޒުމާމެދު ފަޚުރުވެރިވަޑައިގަންނަވާކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވިެފައެވެ.
މި މަސައްކަތުގައި ކަރަންޓީންވެގެން ތިބެ ގިނަ އަދަދެއްގެ އޮފިސަރުން 24 ގަޑިއިރު މަސައްކަތް ކުރަމުންދާކަން އެކަމަނާ ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން މިމަހުގެ 15 އިން 31 އަށް އަންނާނެކަމަށް ބެލެވޭ ކޯވިޑް-19ގެ ސަރޖްގެ ކުރިން މިމަސައްކަތް ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން މިހާރު އެބަ އޮތްކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ކޯވިޑް-19އަށް ޕޮޒިޓިވް ވާ ބަލިމީހުންނަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މަސައްކަތަކީ މުޅި ޤައުމަށް އިންތިހާއަށް ބޭނުންވެފައިވާ ވަސީލަތަކަށް ވާއިރު މި މަސައްކަތުގައި ފަސްނުޖެހޭނެކަމަށް ސިފައިން މީގެ ކުރިން ވަނީ ބުނެފައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރި ފަރާތްތަކުގެ ތެރެއިން ސިފައިންގެ 14 އޮފިސަރަކަށް ބަލި ޖެހުމާ ގުޅިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މިހާރު މި ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ ޕޮޒިޓިވްވި ކޭސްތަކާއި ކޮންޓެކްޓްވުމާ ގުޅިގެން ކަރަންޓީން ކޮށްފައި ތިބި ސިފައިންނެވެ.
289 އެނދުގެ ފެސިލިޓީގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރަމުންދާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ޚިދުމަތް އަންނަ ބުރާސްފަތި ދުވަހު ދޭން ފެށޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން މިތަނުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމާލެވި ހުރިހާ ސިއްޙީ ވަސީލަތްތަކެއް އިންސްޓޯލްކޮށް މި މުއްދަތުގެ ތެރޭގައި ފެސިލިޓީގެ މަސައްކަތް ނިމޭނެކަމަށް އައިޖީއެމްއެޗުން މިއަދު ވަނީ ބުނެފައެވެ.
https://twitter.com/MariyaDidi/status/1259058694018478080?s=20
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މިހާތަނަށް އައިއިރު އެކި މަސައްކަތްތަކުގައި ކުރީ ސަފުގައި އުޅުނު ސިފައިންގެ 20 އޮފިސަރަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. ނަމަވެސް މިހާލަތުގައިވެސް ސިފައިން ދަނީ ޤައުމީ ޚިދުމަތުގައި ފަހަތަށް ނުޖެހި މަސައްކަތް ކުރަމުންނެވެ.
އެގޮތުން ބަލީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތަކުގައާއި، ރައްޔިތުނަށް ބޭނުންވާ ޒަރޫރީ ސާމާނު ގެތަކަށް ޑެލިވަރީ ކުރުމަށްވެސް ސިފައިން ދަނީ އެންމެ ކުރީސަފުގައި ފުރާނަ އަތް މައްޗަށް ލައިގެން އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ.
ސިފައިންނެކޭ އެއްފަދައިން ޤައުމުގެ އަމާންކަން ބެލެހެއްޓުމަށާއި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ދިވެހި ފުލުހުންވެސް ދަނީ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވަމުންނެވެ.
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ރޭ ހާމަކުރަށްވާފައިވާ ގޮތުގައި މިހާތަނަށް 05 ފުލުހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު