ކުޑަކުދިންނަށް މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރުމަށް ފުރުސަތު ދިނުމަކީ އެކުދިންގެ ހިތުގައި އިސްލާމް ދީނަށް ލޯބި އިތުރުވާނެ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިސްކިތްތަކުގައި ކުޑަކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދުނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އަންގާފައެވެ. އިސްލާމިކް މިނިސްޓްރީން މިގޮތަށް އަންގާފައި މިވަނީ، ހުޅުމާލޭ މިސްކިތެއްގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދުކުރާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެެވެ.
އެކަމާ ގުޅިގެން ޑރ. ޝަހީމް މިއަދު ވިދާޅުވީ، ބާލިޣުވެފައިވާ ކުޑަކުދިންނަށް މިސްކިތުގެ ޖަމާޢަތްތަކުގައި އިމާމުވެ ނަމާދު ކުރުމަށް ފުރުސަތު ދިނުމަކީ އެކުދިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި އިތުރުވާނެ ކަމެއް ކަމަށާއި، އަދި އެއީ ދީނީގޮތުން މައްސަލައެއްވެސް ނޫން ކަމަށެވެ.
"ޚާއްސަކޮށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ، ހިތުދަސް ކުދިންނަށް އެ ފުރުސަތު އޮތުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ކަމެއް." ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ރަސްމީ އިމާމުންގެ ވަކި ފާހެއް އޮންނަން ޖެހުނު ނަމަވެސް، އިސްލާމީ އުސޫލަކީ ރީތިކޮށް ކިޔަވާ ކުޑަކުދިންނަށްވެސް ފުރުސަތު ދިނުން ކަމަށެވެ. އަދި އެމަނިކުފާނުގެ ޒުވާން ޙަޔާތތްޕުޅުގައިވެސް މިސްކިތްތަކުގައި އެގޮތަށް އިމާމުވެ ނަމާދު ކުރެއްވި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ހަމައެއާއެކު މިސްކިތުގެ ކުރީ ސަފަކީ އަވަހަށް އެތަނުގައި އިށީންނަ މީހާގެ ޙައްޤެއް ކަމަށާއި، 7 އަހަރު ވެފައިވާ ކުއްޖަކު ކުރީސަފުގައި އިށީނުމުން އެ ކުއްޖާ އެތަނުން ނަގައިގެން ނުވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި ކުޑަ ކުދިން މިސްކިތަށް ލޯބި ޖެއްސުމާއި، މިސްކިތުން އެކުދިން ބަލައިގަންނަކަން އިޙްސާސް ކުރުވުމަކީ ސުންނަތުން ބާރުއަޅުއްވާ ކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިިނިސްޓްރީން މިއަދު ބުނީ ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދު ކުރާ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެކަން ބެލިއިރު، އެއީ ކޯސް ހަދާ ކުދިންކަމަށާއި އަދި އެއީ އެ ކުދިން ފަރިތަކުރަން ކުރުވާކަމެއްކަމަށް ބުނެފައިވާކަމަށެވެ. ނަމަވެސް ދަސްކޮށްދިނުމުގެ ބޭނުމުގައިވެސް ކުޑަކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދު ނުކުރުވޭނެކަން މިހާރު އަންގާފައިވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ބަންދަށްފަހު ރާއްޖޭގެ ހުރިހާ ރަށްތަކަށް އެކަމާއި ގުޅޭ ސާކިއުލާއެއް ފޮނުވާނޭކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ހުޅުމާލެ ސަހަރާ މިސްކިތުގައި އިމާމްވެ ނަމާދު ކުރަމުން ދިޔައީ އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިންތަކެކެވެ. ނަމަވެސް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތައް ބުނާގޮތުން މިސްކިތުގައި އިމާމުވެ ނަމާދުކުރެވޭނީ ހާއްސަ ސެޓްފިކެޓެއް ހާސިލްކޮށް އިސްލާމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާއެކުއެވެ. އެ ނޫން ފަރާތްތަކުން އިމާމުވެ މިސްކިތްތަކުގައި ނަމާދުކުރުމަކީ މަނާކަމެކެވެ.

Namaadhuge Hukumthah dhanna sharuee gothun baalighuvefauvaa13,15 aharu kudhinah imaamuve namaadhu kurumaki dheenee gothun massala eh oy kameh noon. Khaassa koh reethikoh Qur'an kiyavaa hithu dhas kudhinah furusathu othumaki alhugandah fenna gothuga rangalhu kameh.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 28, 2021
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ރަސްމީ އިމާމުންގެ ވަކި ފާހެއް އޮންނަން ޖެހުނު ނަމަވެސް، އިސްލާމީ އުސޫލަކީ ރީތިކޮށް ކިޔަވާ ކުޑަކުދިންނަށްވެސް ފުރުސަތު ދިނުން ކަމަށެވެ. އަދި އެމަނިކުފާނުގެ ޒުވާން ޙަޔާތތްޕުޅުގައިވެސް މިސްކިތްތަކުގައި އެގޮތަށް އިމާމުވެ ނަމާދު ކުރެއްވި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ހަމައެއާއެކު މިސްކިތުގެ ކުރީ ސަފަކީ އަވަހަށް އެތަނުގައި އިށީންނަ މީހާގެ ޙައްޤެއް ކަމަށާއި، 7 އަހަރު ވެފައިވާ ކުއްޖަކު ކުރީސަފުގައި އިށީނުމުން އެ ކުއްޖާ އެތަނުން ނަގައިގެން ނުވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި ކުޑަ ކުދިން މިސްކިތަށް ލޯބި ޖެއްސުމާއި، މިސްކިތުން އެކުދިން ބަލައިގަންނަކަން އިޙްސާސް ކުރުވުމަކީ ސުންނަތުން ބާރުއަޅުއްވާ ކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އިސްލާމިކް މިިނިސްޓްރީން މިއަދު ބުނީ ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދު ކުރާ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެކަން ބެލިއިރު، އެއީ ކޯސް ހަދާ ކުދިންކަމަށާއި އަދި އެއީ އެ ކުދިން ފަރިތަކުރަން ކުރުވާކަމެއްކަމަށް ބުނެފައިވާކަމަށެވެ. ނަމަވެސް ދަސްކޮށްދިނުމުގެ ބޭނުމުގައިވެސް ކުޑަކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދު ނުކުރުވޭނެކަން މިހާރު އަންގާފައިވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ބަންދަށްފަހު ރާއްޖޭގެ ހުރިހާ ރަށްތަކަށް އެކަމާއި ގުޅޭ ސާކިއުލާއެއް ފޮނުވާނޭކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ހުޅުމާލެ ސަހަރާ މިސްކިތުގައި އިމާމްވެ ނަމާދު ކުރަމުން ދިޔައީ އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިންތަކެކެވެ. ނަމަވެސް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތައް ބުނާގޮތުން މިސްކިތުގައި އިމާމުވެ ނަމާދުކުރެވޭނީ ހާއްސަ ސެޓްފިކެޓެއް ހާސިލްކޮށް އިސްލާމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާއެކުއެވެ. އެ ނޫން ފަރާތްތަކުން އިމާމުވެ މިސްކިތްތަކުގައި ނަމާދުކުރުމަކީ މަނާކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު