ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑޭވިޑް ފެއިންބާގް
ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑޭވިޑް ފެއިންބާގް
ކޯވިޑް-19ގެ ސަބަބުން ޓްރީޓޮޕުގެ ވިޔަފާރި 70 އިންސައްތަ ދަށްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރީޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑޭވިޑް ފެއިންބާގް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ޓްރީޓޮޕުގެ ވިޔަފާރި 70 އިންސައްތަ ދަށްވެފައިވާތީ މީގެ ސަބަބުން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުން މަދު ކުރަން ޖެހުނު ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން 25 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ވާނެ ކަމަށާއި އެކަން ކުރީ އޮންނަ އުސޫލުން ގާނޫނާއި ގަވައިދުގެ ތެރޭން ކަމަށް ޑޭވިޑް ވިދާޅުވިއެވެ.

މީގެ އިތުރުން ޑޭވިޑް ވިދާޅުވީ ކޯވިޑް-19 ގެ ޓްރީޓްމަންޓް ސެންޓަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް ބަދަލު ކުރުމުން އާންމު ރައްޔިތުންނަށް ހޮސްޕިޓަލުންދޭ ހިދުމަތްތައް ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހޮސްޕިޓަލް ހިންގުމުގެ ކަންކަމަށް ބައެއް މުވައްޒަފުން ބޭނުން ނުވާނެ ކަމަށް ޑޭވިޑް ފާހަގަކުރެއްވިއެވެ.

އަދި އެމީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ހޮސްޕިޓަލުން އެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ދިނުމަށްފަހު ކަމަށް ޑޭވިޑް ވިދާޅުވިއެވެ.

މީގެ އިތުރުން ކޯވިޑް-19ގެ އެމަޖެންސީ ހާލަތު ނިމުމަކަށް އައިހާ އަވަހަކަށް، އެންމެ ފުރަތަމަވެސް ޓްރީޓޮޕުން އަލުން ވަޒީފާއަށް ނަގާނީ މި 25 މުވައްޒަފުން ކަމަށް ޑޭވިޑް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން