ރައްޔިތުުންގެ މަޖިލީހުގެ ރައީސް، ރައީސް މިޙައްމަދު ނަޝީދު
ރައްޔިތުުންގެ މަޖިލީހުގެ ރައީސް، ރައީސް މިޙައްމަދު ނަޝީދު
ސަރުކާރު ހިސާރުކުރުމަށް އެއްވެސް ބަޔަކަށް ޖާގަ ނުދެއްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމިޝަނަރ އޮފް ޕޮލިސް، ހަމީދަކީ އިހްލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކާއި ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ މީހުން އަޑީގައި ތިބެގެން ސީޕީ ކުރައްވާ މަސައްކަތުގެ މިސްރާބު ބަދަލުކޮށްލުމަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

"ސީޕީ ހަމީދު ކޮމްޕްރޮމައިޒް ކޮށްގެން، ފުލުހުންގެ މަސައްކަތުގެ މިސްރާބު ބަދަލުކޮށް، ވައްކަމާއި ކޮރަޕްޝަނާއި، ހައްދުފަހަނައެޅި މީހުން ރެކި ތިބެ، ސަރުކާރު ހިސާރުކުރަން ޖާގައެއް ނުދެވޭނެ،" ސަރުކާރުން ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

ސީޕީގެ ދިފާއުގައި ނަޝީދު ވާހަކަފުޅު ދެއްކެވި އިރު، މިއަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ހައްދު ފަހަނައެޅި ފިކުރުގެ ބައެއްގެ މައްޗަށް ދައުވާ ނުކުރެވި އެ މީހުން ދޫވެފައި ތިބި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. މިފަހުން ރާއްޖޭގައި ހިންގާފައިވާ ނުރައްކާތެރި ބައެއް ހަދިސާތަކާއި މިފަދަ މީހުންނާއި ގުޅުން ހުރިކަމަށް ފުލިހުން ދާދިފަހުން ބޭއްވި ނޫސްކޮންފަރެންސެއްގައި ވަނީ ވިދާޅުވެފައެވެ.

ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ މި ހަފުތާގައި މީޑިއާއަކަށް ދެއްވި ބަސްދީ ގަތުމެއްގައި މިފަދަ މީހުން މޮނިޓަރ ކުރުމަށް ބައެއް މީހުންގެ ޓެގް އަޅުވާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޚާފު

11-May-2020

ޟީނަ މި އިނީ ހަމައިގަތަ..



ޓްރެންޑިން