ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 9 މީހުން ރަނގަޅުވެ، ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ 29 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އިތުރު 09 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ.
އެއާއެކު މިހާރު ރާއްޖެއިން މިބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ ވަނީ 29 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި، 13 ބިދޭސީންނެވެ.
މަބްރޫކް މިރޭ ވިދާޅުވީ، މިވަގުތާ ހަމައަށް އިތުރު 19 މީހުން ބައްޔަށް ޕޮޒިޓިވްވެ ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު 785 އަށް އަރާފައިވާ ކަމަށެވެ.
މިހާތަނަށް ޖުމްލަ 11775 ޓެސްޓް ހެދިފައިވާއިރު އޭގެތެރެއިން 10552 ޓެސްޓްގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ. އަދި 438 ސާމްޕަލެއްގެ ނަތީޖާ ނުލިބެއެވެ.
މިއަދު 130 މީހަކު ކަރަންޓީން ފެސިލިޓީތަކުން ވަނީ ދޫކޮށްލާފައެވެ. މިހާތަނަށް ޖުމްލަ 2370 މީހަކު ކަރަންޓީނުން ވަނީ ދޫކޮށްލާފައެވެ.
ރާއްޖޭގައި މިހާރު ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 257 ދިވެހިންނާއި، 528 ބިދޭސީންނެވެ. މީގެތެރެއިން 751 މީހަކަށް ކަރަންޓީން ފެސިލިޓީތަކުގައި ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 03 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ. އެއީ 2 ދިވެހިންނާއި، ބިދޭސީއެކެވެ.

ކިޔުންތެރިންގެ ހިޔާލު