ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ ޢުމުރުން ދުވަސްވީ މީހުންގެ ޢަދަދު ނިސްބަތުން މަދުކަމަށާއި، އެއީ ރަނގަޅު ފާލެއް ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޯވިޑް-19 އާ ގުޅިގެން އުފައްދަވާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި ބަލިޖެހެމުންދާ މީހުންގެތެރެއިން އެންމެ ގިނައީ ޒުވާނުންކަމަށެވެ. އެއީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ ޢުމަުރުފުރާގެ މީހުންނެވެ.
ޢުމުރުން ދުވަސްވީ 65 އަހަރުން މަތީގެ މީހުން ރާއްޖޭގައި ޕޮޒިޓިވްވާ މިންވަރު މަދުކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އެއީ ރާއްޖޭގެ މި ބަލީގެ ޙާލަތަށް ބަލާއިރު ރަނގަޅު އަލާމާތެއްކަމަށާ، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަކީ މިބަލީގެ އެންމެ ނުރައްކާ ބޮޑު ޢުމުރުފުރާކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.
"އަދި އެއީ ވަރަށް ރަނގަޅަށް ވެފައި އޮތް ކަމެއް. އެއީ މި ބަލީގައި އެންމެ ރިސްކް ބޮޑު މީހުންނަކީ ޢުމުރުން 65 އަހަރުން މަތީގެ މީހުންކަމަށް ވާތީ. މިއަދުގެ ކޭސްތަކަށް ބަލާއިރު މިއަދު އެކަނިވެސް މި ފެންނަނީ ޒުވާން ޢުމުރުފުރާގެ މީހުން." ޑރ.އަފްޒަލް ވިދާޅުވިއެވެ.
އެޗްޕީއޭގެ ޑޭޓާތައް ދައްކާގޮތުގައި މިއަދުގެ މިހާތަނަށް 65 އަހަރުން މަތީގެ މީހުންގެތެރެއިން ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. ޑރ.އަފްޒަލް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެއްވެސް އަލާމާތެއް ނުފެންނަ މީހުންގެ ޢަދަދު ވަރަށް ގިނަކަމަށެވެ. ބަލިޖެހޭ މީހުންގެ 54 އިންސައްތަ އަކީ އެއްވެސް އަލާމާތެއް ނުފެންނަ މީހުންކަމަށް އެޗްޕީއޭގެ ޑޭޓާތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު