އައްޑޫން ރޭ ދަންވަރު މާލެ ގެނެސް ހެދި ޓެސްޓު ތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ފަހު ދެ ޓެސްޓް ކޯވިޑް-19 އަށް ނެގެޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި އެކަން ވަނީ ކަށަވަރު ކޮށްދީފައެވެ.
އައްޑޫސިޓީން މާލެއަށް ގެނައި މި ބަލި މީހާ ކޯވިޑް-19 އަށް ޕޮޒިޓިވް ކަމަށް ކުރިން ދައްކާފައިވާތީ އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވެފައިވާ 7 ޑޮކްޓަރުންނާއި 10 ނަރުހުން އެކަހެރި ކުރިކަމަށްވެސް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ކުރިން ވަނީ ބުނެފައެވެ.
އައިޖީއެމް ހޮސްޕިޓަލަށް ދިއުމަށް ޑޮކްޓަރ ލަފާދެއްވީ އޭނާގެ ކިބައިން ފާހަގަކުރެވުނު ހިތުގެ ބައްޔަށް އިތުރު ޓެސްޓްތަކެއް ހެދުމަށްޓަކައެވެ. އައިޖީއެމްއެޗަށް ދައްކާ އެންމެން ޓެސްޓް ކުރުމަށް މިހާރު ގެންގުޅޭ އުސޫލުން އޭނާގެ ފުރަތަމަ ހެދި ޓެސްޓުން ކޯވިޑް-19 އަށް ޕޮޒިޓިވް ކަމަށް ދެއްކި ނަމަވެސް ފަހުން ހެދި ދެ ޓެސްޓުންވެސް އޭނާ ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން މިރޭ ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު