ރައީސުލްޖުމްހޫރިއްޔާ އިިބްރާހީމް މުޙައްމަދު ޞާލިޙް ކުޑަކުދިންގެ ކުޅިވަރު މުބާރާތެއްގައި އެކުދިންނާއެކު އުފާފާޅުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިިބްރާހީމް މުޙައްމަދު ޞާލިޙް ކުޑަކުދިންގެ ކުޅިވަރު މުބާރާތެއްގައި އެކުދިންނާއެކު އުފާފާޅުކުރައްވަނީ
ރާއްޖޭގެ ކުޑަކުދިންނަކީ ރަނގަޅުކާނާއާއި ރަނގަޅު ތައުލީމާއި ރައްކާތެރިކަން ލިބިގެން ހެދިބޮޑުވާ ކުދިންކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ މައިގަނޑު އެއްއަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ދުނިޔޭގައި މިއަދު ފާހަގަ ކުރާ ކުޑަކުންދިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ. އަދި ވިދާޅުވެފައިވަނީ ކޯވިޑް-19 އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މިދަނޑިވަޅުގައިވެސް، މިސަރުކާރުގެ ހަމައެކަނި އަމާޒަކީ މިހާރު ފެތުރެމުންމިދާ ނުރައްކާތެރި ރޯގާބަލިމަޑުކަމުން ކުޑަކުދިން ސަލާމަތްކުރުމަށް މަސައްކަތް ކުރުން ނޫންކަމަށެވެ. މިމަސައްކަތާއެކުވެސް ރާއްޖޭގެ ކުޑަކުދިންނަށް އުފާވެރި މުސްތަގްބަލެއް ހޯދައި ދިނުމަކީ މިސަރުކާރުގެ ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އެގޮތުން ރާއްޖޭގެ ކުޑަކުދިންނަނީ ރަނގަޅުކާނާލިބި، އެކަށީގެންވާ ތަޢުލީމާއި ރައްކާތެރިކަން ލިބިގެން ބޮޑުވާ ކުދިންކަން ކަށަވަރުކުރުމަށް މިސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިއަދުވެސް އެމަނިކުފާނު ދެއްވާފައި ވެއެވެ.

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މެއި މަހުގެ 10 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޑަމް

11-May-2020

މޮޔަނުގޮވާ ކަލެއަށް ވާނެ 6 އެތި ވެފަ ތިހުރީ ވަރަށް ސަލާމް .ތި އަޑު އަހާނެ މީހަކު މިހާރަކު މި ގައުމުގަ ނޫޅޭ ސޮރީ ބުރޯ



ޓްރެންޑިން