އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް
އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް
މިއަހަރަށް ލަފާކޮށްފައިވާ ދަޢުލަތުގެ ބަޖެޓް 40 އިންސައްތަ އުނިކޮށް އަލުން އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ، އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ގޮވާލައްވައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ދަޢުލަތަށް ޢާމްދަނީ ލިބެން ހުރި ގިނަ ދޮރުތަކެއް ވަނީ ބަންދު ވެފައެވެ.

އެކަމާ ގުޅިގެން ރެޑްވޭވް ސަލީމް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އެހެން ކަމުން އިޤްތިޞާދުގެ ފުރާނަ ނުދަނީސް ދަޢުލަތުގެ ބަޖެޓުން 40 އިންސައްތަ އުނިކޮށް އަލުން ބަޖެޓް އެކުލަވާލުމަށް ސަލީމު ސަރުކާރަށް ގޮވާލެއްވިއެވެ.

މީގެ ކުރިން ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ މިޙާލަތުގައި ކްރައިސިސް ބަޖެޓެއް މަޖިލީހަށް ހުށައެޅުމަށް ދަޢުލަތުގެ މާޒީ ވަޒީރަށް ގޮވާލާފައެވެ.

ދައުލަތް ހިންގުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމަށް ރުހުން ދިނުމާއި ގުޅޭ ގޮތުން މަޖިލީހަށް ހުށައެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު ވަނީ މާލީ ވުޒާރާއިން މިޙާލަތަށް ޚާއްސަ ބަޖެޓެއް މަޖިލީހަށް ހުށައަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުގެ ވިސްނުމަކީ އަދި އަޅުގަނޑުގެ ހުށަހެޅުމަކީ ފައިނޭންސް މިނިސްޓަރ އާ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅުން. އެ ބަޖެޓަކީ އަޅުގަނޑުގެ ނަޒަރުގައި ކްރައިސިސް ބަޖެޓު. އެ ބަޖެޓަކީ ކުރު މުއްދަތުގައި މިހާލަތުން އަޅުގަނޑުމެން އަރައިގަތުމަށްޓަކައި އެކުލަވާލާ ހަގީގީ ބަޖެޓަކަށް ވާން ޖެހޭނެ،" އެދުވަހުގެ ބަހުސްގައި ހޯރަފުށީ ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އައިސް މިހާރު ވަނީ ވެންޓިލޭޓަރުގެ އެހީ ބޭނުންވެފައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން