ހުޅުމާޅޭގައި ގާއިމުކުރާ ކޯވިޑް ފެސިލިޓީ- މިތަނުގެ މަސައްކަތުގައި ކަރަންޓީނުވެ ތިބެ ހަރަކާތްތެރިވަނީ ސިފައިން
ހުޅުމާޅޭގައި ގާއިމުކުރާ ކޯވިޑް ފެސިލިޓީ- މިތަނުގެ މަސައްކަތުގައި ކަރަންޓީނުވެ ތިބެ ހަރަކާތްތެރިވަނީ ސިފައިން
ސިފައިން ވަމުންދާ ގުރުބާނީއާމެދު ގައުމީ ދިފާއީ ބާރުން ފަޚުރުވެރިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ދިވެހި އަސްކަރިއްޔާގެ ސިފައިންގެ މަސައްކަތުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ 290 އެނދުގެ މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާ ލެއްވުމަށްފަހު، މޭޖާ ޖެނެރަލް ޝަމާލު ވަނީ، އާއިލާއާއި ދުރުގައި ތިބެ އެތައް ހަފުތާއެއް ވަންދެން މަސައްކަތް ކުރަމުން ދާ އަސްކަރިއްޔާގެ ހިތްވަރުގަދަ ބަތޮލުންނަށް ސެލިއުޓް ކުރައްވާފައެވެ. އަދި އެ ހިދުމަތުގައި ދެމި ތިބި ސިފައިންނަކީ ރޫހު ވަރުގަދަ ބައެއް ކަމަށާ، އެ ސިފައިންގެ ގުރުބާނީއަށް ގައުމީ ދިފާއީ ބާރުން ފަޚްރުވެރިވާކަމަށްވެސް މޭޖާ ޖެނެރަލް ކުރެއްވި ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީއާއެކު އެ ސައިޓަށް ވަޑައިގަތުމަށް ފަހު ކުރެއްވި ޓްވީޓެއްގައި މޭޖާ ޖެނެރަލް ޝަމާލް ވިދާޅުވީ، ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ، ގިނަ ބަޔަކު އެކަހެރި ކުރަންޖެހުނު ކަމުގައި ވީ ނަމަވެސް، ދެން ތިބި އަސްކަރީ ސިފައިން ހިތްވަރު އެލުވާލުމެއް ނެތި މަސައްކަތާއިގެން ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، މިމަސައްކަތަށް އިތުރު އެހީ ފޯރުކޮށްދިން ފެނަކަ ކޯޕަރޭޝަން، ޕްލޭނިންގް މިނިސްޓްރީ އަދި އެންޑީއެމްއޭއާއި އެނޫންވެސް ޕްރައިވެޓް ކުންފުނިތަކަށް މޭޖާ ޖެނެރަލް ޝަމާލު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީ ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން