ކޯވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތުން ރާއްޖޭގެ ވެރިންގެ ހިންގުންތެރިކަމާއި، އިޚްލާސްތެރިކަން ވަޒަން ކުރެވޭނެ ކަމުގައި ޕްރޮފެސަރ އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލް ފައުންޑޭޝަންގެ ބާނީ، ޕްރޮފެސަރ ޙަސަން އުގައިލް ކުރަށްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޯވިޑް-19 އަކީ ދުނިޔެއަށް ކުރިމަތިވި ސަތޭކަ ވަރަކަށް ދުވަހުގެ އިމްތިޙާނެއް ކަމަށެވެ.

"މި އިމްތިޙާނުން އަޅުގަނޑުމެންގެ ޢަޤީދާ، ސިއްޙީ ޙާލަތު، ނަފްސާނީ ދުޅަހެޔޮކަން، އިޖްތިމާޢީ ގުޅުން، އިޤްތިޞާދު އަދި ވެރިންގެ ހިންގުންތެރިކަމާއި، އިޚްލާޞްތެރިކަން ވަޒަން ކުރެވޭނެ" ކަމަށް ޕްރޮފެސަރ އުގައިލް ވިދާޅުވިއެވެ.

ޕްރޮފެސަރ އުގައިލްއަކީ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވި ނަމަވެސް ރާއްޖެއާއި ވަރަށް ބޮޑަށް ގުޅުން ބާއްވަވާ ރާއްޖޭގެ ހާލަތު ބައްލަވާ އެވަގުތަކު ކޮށްދެއްވެވެން އޮތް ކަމެއް ކޮށްދެއްވުމުގައި ނަމޫނާ ދައްކަވަމުން ގެންދަވާ ބޭފުޅެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

އެގޮތުން ޕްރޮފެސަރ އުގައިލް ދާދިފަހުން ވަނީ، ލޮކްޑައުންގެ ހާލަތުގައި ފިހާރަތަކާއި ކެފޭތަކާއި ހޮޓާފަދަ ތަންތަނުން އާންމު ރައްޔިތުންނަށް ބޭނުންވާ މުދަލާއި އެހެނިހެންވެސް ސާމާނު ޑެލިވަރީ ކުރުމުގައި ބޭނުންކުރުމަށް ޒަމާނީ އޮންލައިން ޑެލިވަރީ ނިޒާމެއް އައްޑޫސިޓީގައި ޤާއިމްކޮށްދެއްވާފައެވެ.

މިނިޒާމަކީ ކަސްޓަމަރު ފިހާރައަށް ނުގޮސް ގޭގައި ހުރެގެން ފޯނުން ފިހާރައަށް ވަދެ މުދަލުގެ އަގުބަލައި މުދާ ގަނެ މުދަލަށް ފައިސާ ދައްކާ ހެދުންފަދަ ހުރިހާ ޚިދުމަތްތައް ފޯރުކޮށްދޭ ފަސޭހަ ނިޒާމެކެވެ.

ޕްރޮފެސަރ އުގައިލް ވިދާޅުވެފައިވަނީ އޭނާގެ އުއްމީދަކީ، މުޅި ރާއްޖޭގައި މި ނިޒާމު ގާއިމުކޮށް ރާއްޖޭގެ ރައްޔިތުންނަށް މިހާލަތުގައި ގޭގައި ތިއްބަވައިގެން ފަސޭހަކަމާއެކު ވިޔަފާރިތަކުގެ ޚިދުމަތް ހޯދޭނެ ފަސޭހަ ޒަމާނީ މަގެއް ތަނަވަސް ކޮށްދެއްވުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ފަޅޯމާ ރަޝީދު

18-Oct-2020

ޢަޅުގަނޑުގެ އުއްމީދު އެބައޮތް އުޤައިލަށް ޤައުމު ހިންގުމުގެ ރޮނގުން ފުރުޞަތުލިބޭނޭކަމަށް


-7

ހަސަނު

11-May-2020

އުގައިލް އާއި މެދު ދިވެހިން ފަހުރުވެރި ވޭ


14

މޫސާ

11-May-2020

އުގައިލް ގެ ވާހަކަތަކުގަ ބުރަދަން ހުންނާނެ


11

ަސަހީލް

11-May-2020

އުގައިލް އަކީ ގައުމީބަތަލެއް



ޓްރެންޑިން