އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު އައިއެންއެސް މަގަރް
އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު އައިއެންއެސް މަގަރް
ރާއްޖޭގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގައުމަށް ގެންދިއުމަށް އިންޑިޔާގެ ކަނޑުގެ ސިފައިން ފަށާފައިވާ "ސަމަޑްރާ ސެޓޫ" އޮޕަރޭޝަންގެ ދެވަނަ ބުރުގައި ހިމެނޭ 202 މީހުން ގޮވައިގެން ކަނޑުގެ ސިފައިންގެ މަނަވަރު، އައިއެންއެސް މަގަރް މިއަދު ހަވީރު މާލޭ ބަނދަރުން ފުރައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ބޯޓު މާލެއިން ފުރައިގެން ދާނީ އިންޑިއާގެ ކެރެލާގެ ކޮޗިން ބަނދަރަށް ކަމަށެވެ.

މީގެ ކުރިން ރާއްޖެއާއި އިންޑިއާ ސަރުކާރު ގުޅިގެން އިންޑިއާގެ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށްދާން ބޭނުންވާ 698 މީހަކު ވަނީ އިންޑިއާއަށް އަނބުރާ ގެންގޮސްފައެވެ. މިމީހުން ގެންދިޔައީވެސް އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެއްގައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ ރައްޔިތުން ގައުމަށް ގެންދިއުމަށް ހިންގާ މި އޮޕަރޭޝަންގެ ދަށުން އިންޑިއާގެ 1800 މީހަކު އަނބުރާ ޤައުމަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އެނބުރި ގައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދާނީ ހަތަރު ބުރަކަށް ބަހާލައިގެންނެވެ.

ކުރީ ބުރެކޭ އެއްގޮތައް މިފަހަރުވެސް އަނބުރާ މީހުން ގެންދިއުމުގައި އެންމެ އިސްކަމެއް ދީފައިވަނީ މާބަނޑު މީހުންނާއި، ވަޒީފާ ގެއްލިފައިވާ މީހުންނާއި، ތާށިވެފައި ތިބި ފަތުރުވެރިންނަށެވެ. އެހެން ޤައުމުތަކުން އިންޑިއާއަށް އެނބުރި އަންނަ ރައްޔިތުން ފަދައިން މި ރައްޔިތުންވެސް އެނބުރި ޤައުމަށް ދިއުމަށް ފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން