ހުޅުމާލޭގައި ފަތުވެރިންތަކަކަށް ދިން ޙަމަލާ އަކީ، ނުފޫޒު ގަދަ ބަޔަކު އަޑީގައި ތިބެ ރާވައިގެން ދީނީ މީހުންގެ ބޮލުގައި އެޅުވުމަށް ހިންގި އަމަލެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ޝައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު ވިދާޅުވެފައިވަނީ އެ ނުރައްކާތެރި އަމަލު ހިންގި މީހުން މިނިވަން ކުރުމުން، އެ އަމަލަކީ ނުފޫޒު ގަދަ ބަޔަކު އަޑީގައި ތިބެ ރާވައިގެން، ރާއްޖޭގެ ދީނީ މީހުންނާއި ޢިލްމުވެރިންގެ ބޮލުގައި އަޅުވަން ހިންގި އަމަލެއްކަން ދޭހަވާކަމަށެވެ. އެހެން ނޫންނަމަ އެފަދަ އަމަލެއް ހިންގި ބަޔަކު ދޫވެގެން ނުވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މި އަހަރުގެ ކުރީކޮޅު ހުޅުމާލޭ މަގުމަތިން ޗައިނާ ދެމީހަކާއި އޮސްޓްރޭލިއާ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ފުލުހުން ވަނީ 8 މީހަކު ހައްޔަރު ކޮށްފައެވެ. އަދި އޭގެ ތެރެއިން 4 މީހުންނަކީ ސީދާ ގޮތުން އެކަމުގައި ބައިވެރިވެފައިވާ މީހުންކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހަމަލާއަކީ ރ. މަޑުއްވަރީގައި ހަރުކަށި މީހުންނާއި ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް މިފަދަ ސީރިއަސް މައްސަލައެއްގައި ހައްޔަރު ކޮށްފައި ތިބި ބަޔަކު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ތިބުމުން ގިނަ ބަޔަކު ދަނީ އެކަމާއި ކަންބޮޑުވެ ސުވާލު އުފައްދަމުންނެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލާގައި ބަންދުކޮށްފައިވާ މީހުންގެ ތަހުގީގް ފުރިހަމަށް ކުރުމަށްފަހު ދައުވާ ކުރުމަށް ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ފުލުހުން ޕީޖީ އޮފީހަށް ހުށައެޅާފައިވާނެކަމަށެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗައް ދައުވާކުރެވެން ނެތްކަމަށް ޕީޖީ އޮފީހުން، ނިންމުމާއި ގުޅިގެން އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުނުން ބުނެފައިވެއެވެ.
އެމީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބިކަން ހާމަވެފައިވަނީ އެ އަށް މީހުންގެ މައްޗަށް ހައިކޯޓުން މޮނިކޮން އަމުރު ނެރުމާ ގުޅިގެންނެވެ. ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދާދިފަހުން މީޑިއާގައި ވާހަކަ ދައްކަވަމުން، މުޖުތަމަޢަށް ނުރައްކާތެރި ބަޔަކު މޮނިކަން އަމުރެއްގެ ދަށުން ޓެގް އަޅުވައިގެން ބަލަހައްޓަމުން ދާކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު