އައްޑޫއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، އިޢުލާނުކުރި ލޮކްޑައުން އުވާލައިފިއެވެ.
އެޗްޕީއޭއިން މިއަދު އައްޑޫ ސިޓި ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނީ، އައްޑޫ ލޮކްޑައުންކޮށްފައި ބާއްވަން ޖެހޭ ފަދަ ސަބަބެއް މިވަގުތު ނެތް ކަމަށެވެ. އެހެން ކަމުން ލޮކްޑައުންގެ ފިޔަވަޅުތައް އުވާލުމަށް އެޗްޕީއޭގެ އެންގުމުގައިވެ އެވެ.
އެޗްޕީއޭގެ އެންގުމަށް އިއްޔެއިން ފެށިގެން އައްޑޫ ލޮކްޑައުން ކުރީ ހިތުގެ މައްސަލައެއްގައި މާލެ ފޮނުވި ބަލި މީހަކު ކޯވިޑް-19 އަށް ޓެސްޓް ހެދިއިރު ޕޮޒިޓިވް ވުމުންނެވެ. އެއާ އެކު އައްޑޫ ލޮކްޑައުން ކުރީ، އިއްޔެއިން ފެށިގެން 14 ދުވަހަށެވެ. އެހެން ނަމަވެސް، އައްޑޫއިން ޕޮޒިޓިވްވީ ބަލި މީހާގެ ޓެސްޓް ދެވަނަ ފަހަރަށް ހެދުމުން އޭނާ ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.
ލޮކްޑައުން އުވާލި ނަމަވެސް، ލޮކްޑައުންގެ ކުރީން އަމަލުކުރަމުން ގެންދިޔަ ގޮތަށް އައްޑޫ ސިޓީގައި އަމަލު ކުރާނެ ކަމަށް އައްޑޫ ޓާސްކްފޯސް އިން ވަނީ ބުނެފަ އެވެ. އެގޮތުން އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުން މަނާ ވާނެއެވެ. އަދި އެއް އަވަށުން އަނެއް އަވަށަށް ދާން ބޭނުންވާ ނަމަ އެކަމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު