ޑުބާއިން މުދާ ހިފައިގެން އައި މޯލްޑިވިއަންގެ ބޯޓެއް
ޑުބާއިން މުދާ ހިފައިގެން އައި މޯލްޑިވިއަންގެ ބޯޓެއް
ކޯވިޑް-19 އާ ގުޅިގެން އިންޑިއާގައި ތާށިވެފައި ތިބި 234 ދިވެއްސަކު މާދަމާ ރާއްޖެ ގެންނާނެ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ އިންޑިއާގެ 16 ސިޓީއަކުން 200 އަށް ވުރެ ގިނަ ދިވެހިން ރާއްޖެ ގެންނަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ފްލައިޓެއްގައި ކަމަށެވެ.

އެގޮތުން އިންޑިއާގެ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާއީ، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމާލާ، ވެލިންޓަން އަދި ޕަޗްމާރީން ގައި ތިބި ދިވެހިން މިދަތުރުގައި ގެންނާނެކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، މޯލްޑިވިއަންގެ އެންމެ ބޮޑު މަތިންދާބޯޓު، އެއާބަސް ދަތުރުކުރާނީ މާލެއިން ދިއްލީއަށެވެ. އަދި އެބޯޓު ދިއްލީއިން ދާނީ ޓްރިވެންޑްރަމަށެވެ. ޓްރިވެންޑްރަމުން ރާއްޖެއަށް އަންނަ ގޮތަށް ހަމަޖެހިފައިވާ މި މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނީ މާދަމާ މެންދުރު ދޭއް ޖަހާއިރުއެވެ.

މާދަމާ އިންޑިއާއިން މާލެއަށް ބާއްވާ ދެ ފްލައިޓްގެ ތެރެއިން މޯލްޑިވިއަންގެ ޑޭޝް މަތިންދާބޯޓު ދަތުރުކުރާނީ މާލެއިން ޓްރިވެންޑްރަމަށެވެ. އަދި ޓްރިވެންޑްރަމުން އަންނަ މި ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓަށް ޖައްސާނީ މެންދުރު 1:15 ގައެވެ.

ޚާރިޖީ ވުޒާރާއިން ބުނީ، މި ދެ މަތިންދާބޯޓުގައި ރާއްޖެ އަންނަ ދިވެހިންގެ ތެރެއިން ދުރު ސަރަހައްދުތަކުގައި އުޅޭ މީހުން ދިއްލީ އަށާއި ޓްރިވެންޑްރަމަށް މިހާރު ދަތުރު ފަށާފައިވާ ކަމަށެވެ.

"މި ފްލައިޓްގައި، ބޭސްފަރުވާ އަށް އިންޑިއާ އަށް ގޮސް، ފްލައިޓް ކެންސަލްވި ފަރާތްތަކާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް އިންޑިއާ އަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއާޕޯޓްތަކަށް ދިއުމަށް ދަތި، ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ،" ކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އިން ކުރިއްސުރެ އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާދަމާ އަންނަ 234 މީހުން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން