މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އާސައިންދޭ ހެލްތު އިންޝުއަރަންސް ސްކީމްގެ ހިދުމަތް ފަސޭހަކޮށްފައިވާ ކަމަށް އާސަންދައިން ބުނެފިއެވެ.
އާސަންދައިން ބުނީ ދިވެހިންނަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ "މެރަނާ" ސްކީމް ގައި މިހާރު ލިސްޓުކޮށްފައި ނުވާ މެލޭޝިއާގެ ކްލިނިކްތަކާއި ހޮސްޕިޓަލުތަކުންވެސް ދިވެހީންނަށް އެ ހިދުމަތް ލިބޭނެ ކަމަށެވެ.
މެލޭޝިއާގައި ކޯވިޑް-19 އާއި ގުޅިގެން އިޢުލާންކޮށްފައިވާ މޫވްމަންޓް ކޮންޓްރޯލް އޯރޑަރ ނުވަތަ އެމްސީއޯގެ ސަބަބުން ދިރިއުޅޭ ސަރަހައްދުން ފެށިގެން 10 ކިލޯމީޓަރަށްވުރެ ދުރަށް ދިއުން މަނާކޮށްފައިވާއިރު، އޭގެ ސަބަބުން އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހީންނަށް "މެރަނާ" ހިދުމަތް ބޭނުންކުރުމަށް ތަފާތު ދަތިތަކާ ކުރިމަތިވަމުންދާ ކަން އާސަންދައިން ވަނީ ފާހަގަ ކޮށްފައެވެ.
އެހެން ކަމުން މެލޭޝިއާގައި ދިރިއުޅޭ ސަރަހައްދާ 10 ކިލޯމީޓަރު ކައިރީގައި ސްކީމްގަައި ހިމެނޭ ސިއްހީ ހިދުމަތް ދޭ ސެންޓަރެެއް ނެތްނަމަ ބޭނުންވާ ހިދުމަތް ރަނގަޅު އަގެއްގައި ލިބެންހުރި ސިއްހީ ހިދުމަތްދޭ ތަނަކުން ހޯދުމަށް ފަހު ހަރަދުވީ ތަފްސީލު އެނގޭނެ ބިލްތައް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަަށްވެސް އާސަންދައިން ބުނެއެވެ.
މެރަނާ ސްކީމްގެ ހިދުމަތް ތައާރަފް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެ ސްކީމްގެ ހިދުމަތް ސްރީލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ލިބެއެވެ. މިހާރުވެސް އެޚިދުމަތް ލިބެނީ އާސަންދައިން ހުއްދަ ދޭ ތަނަކުން ޚިދުމަތް ހޯދުމަށްފަހު ބިލްތައް ފޮނުވުމުން ފަހުން ފައިސާ ލިބޭ އުސޫލުން، އާންމު އިންޝުއަރެންސް ސްކީމެއްގެ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު