މާލެ-ތިލަފުށި ލިންކް، އެމްޓީއެލް ނުވަތަ ތިލަމާލެ ބްރިޖް މަޝްރޫއުގެ ހުރަކަށް މާލޭ ސިޓީގެ މޭޔަރު ޑރ.މުހަންމަދު މުއިއްޒު ވެވަޑައިނުގަތުމަށް މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސާން މޫސާ މަނިކު މިހެން ވިދާޅުވީ، ތިލަމާލެ ބްރިޖް މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ސިޓީ ކައުންސިލާއެކު އެއްވެސް ވަރަކަށް މަޝްވަރާނުކުރާކަމަށާއި، އެމަސައްކަތް ކުރިއަށް ނުގެންދިޔުމަށް ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެެވެ.

އެކަމަށް އިޝާރަތް ކުރައްވައި އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ މޫސާ މަނިކު ވަނީ ވިލިމާލޭ ބުރިޖްގެ މަޝްރޫއުގެ ހުރަކަށް ނުވުމަށް މޭޔަރަށް ގޮވާލައްވާފައެވެ.



އަދި ރައީސް ޔާމިންގެ ވެރިކަމުގައި ޗައިނާ ސަރުކާރުގެ އެހީގައި އެޅި ހުޅުމާލެ ބްރިޖުގެ މަޝްރޫއާ ގުޅޭގޮތުން އޭރު އެމްޑީޕީގެ މެޖޯރިޓީ އޮތް ސިޓީކައުންސިލާއި ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އޭނާ އާއި މިނިސްޓަރަކު ވެސް "ހޭ" ވެސް އަހާނުލާ ކަމަށް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރުކަންވެސް ކުރެއްވި މޫސާ މަނިކު ވިދާޅުވިއެވެ.

‏"އެހެންވިޔަސް މަޖްލީހުގައި ވެސް އެމަޝްރޫޢު ދިފާއުގައި އަޅުގަނޑު ވާހަކަ ދެއްކިން. ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވެސް ބުރިޖް އަޅާނެ." މޫސަ ވިދާޅުވިއެވެ.

މާލެއާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާއިރު، ބްރިޖުގެ މަސައްކަތް ފަށާނެ ކަމަށް ބުނެ ސަރުކާރުން އެކި ތާރިޚުތަށް ދިން ނަމަވެސް އެމަސައްކަތުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ. ތިލަ މާލެ ބްރިޖަށް، އިންޑިއާއިން ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާގެ ލޯނު ދިނުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއި ކޮށްފައެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނު އެހީއެވެ. ސަރުކާރުން ލަފާކުރަނީ 2023 ވަނަ އަހަރާއި ހަމައަށްދާއިރު ބްރިޖު ފެނުން މައްޗަށް އަރާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އަހުމަދު

12-Aug-2021

ޖިންނިޖިނާ މަރިޔަން ނިޝާ ގޮވައިގެން ކޮޓަރީގަ އޮތްހެން މޭޔަރ އާޖެހިގަންނަން ނޫޅޭތި



ޓްރެންޑިން