އައްޑޫގައި ބްރިޖް އަޅަން ރައީސް އިބްރާހިމް މުހަންމަދު ސާލިޙަށް ހުށައެޅުންވާނީ ކަނޑުގައި ދަމާލާ ރޮނގަކަށް ކަމަށް ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހަންމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެެވެ.

މަލީހު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ހުޅުދޫއާއި އެ ސިޓީގެ އެހެން ރަށްތަކާއި ގުޅުވައިދޭނެ ބްރިޖެއް އަޅަން ރައީސަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެ އެ ސިޓީ މޭޔަރު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެެވެ.

އިދިކޮޅު މައިޕާޓީ، ޕީޕިއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހަންމަދު މަލީހު ޖަމާލު ވިދާޅުވީ ރައީސަށް ބްރިޖެއް އަޅަން ހުށައެޅުންވާނީ ކަނޑުގައި ދަމާލެވޭ ރޮނގަކަށް ކަމަށާއި، އެމްޑީޕީއަށް ބްރިޖެއް އަޅަން ނޭގޭނެ ކަމަށެވެެ. އަދި ބްރިޖު އެޅުމުގެ ތަޖުރިބާ ހުރީ ޕީޕީއެމްގައި ކަމަށް މަލީހު ވިދާޅުވިއެވެ.

"މޭޔަރު ނިޒާރު ތިކަން ރައީސް ޔާމިނަށް ހުށައަޅުއްވައިދެއްވާ." ރައީސް ޔާމިން އަލުން ވެެރިކަމަށް ގެނައުމުގެ ވައުދާއެކު ދާދިފަހުން ޕީޕީއެމަށް ސޮއިކުރެއްވި މަލީހު ވިދާޅުވިއެވެ.

އައްޑޫގައި ބުރިޖެއް އެޅުމަށް މަސައްކަތްކޮށްދިނުމަކީ މޭޔަރު ނިޒާރުގެ ވައުދެއްކަން ފާހަގަކޮށްލެވެއެވެ. އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު އެންމެ މުހިއްމު އެއް ކަމަކީ ހުޅުމީދޫއާއި ހިތަދޫ ގުޅުވާލާ ބްރިޖު ކަމަށެެވެ. ބްރިޖު އެޅުމަކީ އައްޑޫ ރައްޔިތުން ވަރަށް ބޮޑަށް އެދޭކަމެއް ކަމަށް ވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން