600 ޓަނުގެ ކާބޯތަކެއްޗާއި ބޭހުގެ ސާމާނާއެކު އިންޑިއާގެ މަނަވަރެއް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.
"މިޝަން ސާގަރު" ގެ ނަމުގައި ފަސް ގައުމަކަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފެށި މި އޮޕަރޭޝަންގައި ރާއްޖެ އަށް މި ތަކެތި ގެނައުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އަސްކަރީ މަނަވަރު "ކޭސަރީ" ގައެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން ބަލާ އެގައުމުގެ ކަނޑުގެ އަސްކަރިއްޔާގެ 2 މަނަވަރެއް މިހާތަނަށް ރާއްޖެއަށް އައިސް އިންޑިޔާގެ 900 ވަރަކަށް މީހުން ވަނީ އަނބުރާ ގައުމަށް ގެންގޮސްފައެވެ. އިންޑީއާގެ ކަނޑުގެ އަސްކަރީ ފްލީޓްގެ 3 ވަނަ މަނަވަރެއް ރާއްޖެއަށް މިސްރާބު ޖަހަން ތައްޔާރުވަމުންދާކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ހާމަކޮށްފައެވެ.
އިންޑިއާގެ މީޑިއާތަކުގައި ބުނެފައި ވަނީ އަސްކަރީ މަނަވަރުގައި ސިއްހީ ތަޖުރިބާކާރުންގެ އިތުރުން ރާއްޖެއަށް ބޭނުންވާނެ މުހިންމު ބޭސްތައް ވެސް ހިމެނޭ ކަމަށެވެ.
ރާއްޖޭގެ އިތުރުން އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މަޑަގަސްކަރަ އާއި މޮރިޝަސް އާއި ކޮމޮރޮސް އާއި ސީޝެލްސްއެވެ.
"މިޝަން ސާގަރް" އަކީ އިންޑިއާ އާއި އެކުވެރި ގައުމުތަކަށް ކޯވިޑް-19 އާއި ގުޅިގެން އެހީވުމަށް ފެށި ހާއްސަ އޮޕަރޭޝަނެކެވެ. އިންޑިއާއިން މީގެ ކުރިން ވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Flash: India sending 600 MT of food items to Maldives. This comes even as the country observes Ramazan:
— Sidhant Sibal (@sidhant) May 10, 2020
Break Up:
Rice 200 MT
Wheat Flour 140 MT
Sugar 80 MT
Yellow Dal 120 MT
Onion 26 MT
Potato 14 MT https://t.co/cL59vojPhI pic.twitter.com/FbdHPErhk7
އިންޑިއާގެ މީޑިއާތަކުގައި ބުނެފައި ވަނީ އަސްކަރީ މަނަވަރުގައި ސިއްހީ ތަޖުރިބާކާރުންގެ އިތުރުން ރާއްޖެއަށް ބޭނުންވާނެ މުހިންމު ބޭސްތައް ވެސް ހިމެނޭ ކަމަށެވެ.
ރާއްޖޭގެ އިތުރުން އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މަޑަގަސްކަރަ އާއި މޮރިޝަސް އާއި ކޮމޮރޮސް އާއި ސީޝެލްސްއެވެ.
"މިޝަން ސާގަރް" އަކީ އިންޑިއާ އާއި އެކުވެރި ގައުމުތަކަށް ކޯވިޑް-19 އާއި ގުޅިގެން އެހީވުމަށް ފެށި ހާއްސަ އޮޕަރޭޝަނެކެވެ. އިންޑިއާއިން މީގެ ކުރިން ވެސް ވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ހިޔާލު