ވެކްސިން ނުޖަހާ މުވައްޒަފުން ޕީސީއާރު ޓެސްޓް ހުށަހަޅަން މަޖުބޫރުކުރުމަށް އެޗްޕީއޭއިން ސަރުކާރުގެ އޮފީސްތަކަށް އަންގައިފިއެވެ.

އެޗްޕީއޭއިން މިކަމާއި ގުޅޭގޮތުން ފޮނުވާފައިވާ ބައެއް ސަރކިއުލާތައް އާއްމުވެފައިވާއިރު، އެޗްޕީއޭއިން އާއްމުކޮށް މިކަން އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް "ރަސް އޮންލައިން"އަށް ވަނީ އެޗްޕީއޭއިން ސަރުކާރުގެ ބައެއް އޮފީސްތަކަށް ފޮނުވި ސަރކިއުލާ ލިބިފައެވެ.

އެޗްޕީއޭއިން އޮފީސްތަކަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ، ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ދަތި ކުރުމުގެގޮތުން ޝަރުތުތަކެއް ކަނޑައެޅުމަށެވެ. މިގޮތުން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތައް އޮފީހަށް ހާޒިރުވާއިރު، ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހޭ ގޮތަށް މަޖުބޫރުކުރުމަށް ވަނީ އަންގާފައެވެ.

ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ތަފާތުކުރުންތަކެއް ގެންގުޅެން އެޗްޕީއޭއިން ނިންމާފައިވާއިރު، އެކަމާއި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ ތަހުޒީބު މުޖްތަމަޢުތަކުގައި ކަންކަން ކުރާ ގޮތް ނޫންކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން ސަރުކާރުން ވެކްސިން ޖެހުމަށް މަޖުބޫރުކުރަނީ، ރާއްޖެއަކީ އެންމެ ފުރަތަމަަ ވެކްސިން ފުރިހަމަ ކުރާ ގައުމަކަށް ހަދައި، ރައީސް ސާލިހަށް އެކަމުން ސިޔާސީ ފައިދާތަކެއް ނެގުމުގެ ފުރުސަތު ދިނުމެވެ.

ނަމަވެސް ކޯވިޑްގެ ނުރައްކާ ކުޑަކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ވެކްސިން ފުރިހަމަ ކުރުންކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ހާމަކޮށްފައެވެ. އަދި ވެކްސިން ނުޖަހާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގައިވެސް ދަތިކުރުމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސާމީ

12-Aug-2021

ބޯ ހަމަ ނުޖެހޭ އާލާތްވަރެއް ކަމައް ބެލެވެނީ


-11

ޛޖޖ

12-Aug-2021

އެހެންތޯ އިންޑިޔާ މީހުން އެ އުޅެނީ ތިޔަބުނާ އެއްޗެއް ހިފައިގެންތޯ



ޓްރެންޑިން