ޖިންސީގޯނާއާ ދެކޮޅަށް މާލޭގައި ކުރި އިހުތިޖާޖެއްގެ ތެރެއިން
ޖިންސީގޯނާއާ ދެކޮޅަށް މާލޭގައި ކުރި އިހުތިޖާޖެއްގެ ތެރެއިން
އަނެއްކާވެސް ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން (ހއ، ހދ، ށ.އަތޮޅު) ހިމެނޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން، މައްސަލާގައި ތުހުމަތު ކުރެވޭ މީހާ މި މަހުގެ 7 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށާއި، އެއީ 41 އަހަރުގެ ފިރިހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަހުގެ 6 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހްގީގް ކުރަމުންނެވެ.

މި ފަހަކަށްއައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މައްސަލަތަކާއި ރޭޕްގެ މައްސަލަތައް އިތުރުވަމުން ދާކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. އަދި މި ފަދަ މައްސަލަތައް އެންމެ އެދެވޭ ގޮތެއްގައި ނުބެލޭކަންވެސް ބައެއް ޖަމިއްޔާ ތަކުން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން