ޕީޕިއެމް އިން އިސްނަގައިގެން ހުޅުމާލެ ސާފުކުރަނީ
ޕީޕިއެމް އިން އިސްނަގައިގެން ހުޅުމާލެ ސާފުކުރަނީ
ހުޅުމާލޭގެ މުނިސިޕަލްކަންކަން ވީހާވެސް އަވަހަކަށް މާލޭ ސިޓީކައުންސިލާ ހަވާލުކުރުމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ހުޅުމާލޭ، ހާއްސަކޮށް މުނިސިޕަލް ކަންކަން ވީހާވެސް އަވަހަކަށް މާލޭ ސިޓީކައުންސިލާ ހަވާލުކުރަންޖެހޭ ކަމަށެވެ. ހުޅުމާލެ މިހާރު ބަލަހައްޓަނީ އެޗްޑީސީންނެވެ.

ޝިޔާމް ވިދާޅުވީ ހުޅުމާލެ ބެލެހެއްޓުމުގައި އެޗްޑީސީ ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. ހުޅުމާލޭ މަސްވެރިންގެ ދޯނި ފަހަރު އަޅާފައިވާ ސަރަހައްދު ގޮނޑުވުމުން ހުޅުމާލޭ ސްޓިއަރިން ކޮމިޓީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ގުޅިގެން ދާދިފަހުން ވަނީ ސާފުކޮށްފައެެވެ.

ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަަށް ބަދަލު ކުރަން އެދުމުން އެކަމަށް އެޗްޑީސީން ވަނީ ދެކޮޅު ހަދާފައެވެ. އެހެން ނަމަވެސް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެފައިވަނީ ހުޅުމާލެ އަކީ ސިޓީ ކައުންސިލްގެ އިހުތިސާސް ހިނގާތަނެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން