ހުޅުމާލޭގައި ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ދިވެހި ޓެކްސީ ޑްރައިވަރަކަށް ބިދޭސީއަކު ހަމަލާދިން ކަމުގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި އުމުރުން 25 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް އަމާޒުކޮށް ފުރާނައަށް ނުރައްކާވާފަދަ އަމަލެއް ހިންގި މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވަނީ ރޭ 00:33 ގައި ކަމަށް ފުލުހުން ބުނެ އެވެ.

އެމައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ޓެކްސީ ޑްރައިވަރުގެ އާއިލާއިން ބައެއް މީޑިޔާ ތަކުގައި ބުނެފައިވަނީ، އިންޑިޔާއަށް ނިސްބަތްވާ އެ ބިދޭސީމީހާ ހަމަލާދީ މަރާލަން މަސައްކަތްކުރީ ފައިސާގެ ބޭނުމުގައި ކަމަށެވެ. ޑްރައިވަރަށް ހަމަލާދިނީ، އޭނާ މަރާލަން އުޅުނީ އެމީހާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ޑްރައިވަރުގެ ކަރުގައި އޮޅައިގެން ކަމަށް ޑްރައިވަރުގެ އާއިލާއިން ބުނެފައި ވެއެވެ.



މި ހާދިސާ އާއި ގުޅިގެން ޓެކްސީ ޑްރައިވަރަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ރޭ ވަނީ ފަރުވާދީފައެވެ. އޭނާގެ އަނގަ ހުޅުވައި ނުލެވޭ ވަރުވެފައިވާ ކަމަށާއި މޫނާއި ލޯ މަތި ވެސް ވަނީ ދުޅަވެފައި ކަމަށް އާއިލާ އިން ބުނެފައިވެއެވެ. އަދި މޫނުގެ ބައެއް ތަންތަނުން ލޭ ވެސް އައިސްފައިވާ ކަމަށާއި ވެއްޓި ކަކުލު ހުޅު ކައިރިވެސް ދުޅަވެފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. ފުލުހުން ގެންދަނީ މި މިމައްސަލަ ތަހުގީގު ކުރަމުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން