އަވައްޓެރި އިންޑިޔާގެ ނުފޫޒުން ރާއްޖެ މިނިވަންކުރެވޭނީ ކޮން ލީޑަރަކަށްތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒު މަސައްކަތް ފަށްޓަވައިފިއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމް ދީނުގެ ދައުވަތު ފެތުރުމަށް ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވަނީ އިންޑިޔާގެ ނުފޫޒުން ރާއްޖެ މިނިވަން ކުރެވޭނީ ކޮން ލީޑަރެއްތޯ ބެލުމަށް އާންމުންގެ ޚިޔާލު ހުރިގޮތެއް ބެލުމަށް ޕޯލެއް ހުޅުވާލާފައެވެ. ލައްކަ އަކަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ އެޕޭޖްގައި އަލީ ރަމީޒު ވަނީ އެ ސުވާލު ކުރައްވައި އިޚުލާސްތެރިކަމާއިއެކު އެ ސުވާލަށް ޖަވާބުދެއްވުމަށް އެދިވަޑައިގެންފައެވެ.



ރައީސް އިބްރާހިމް މުހަންމަދު ޞާލިޙުގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމަކީ އިންޑިޔާއެވެެ. ސަރުކާރާއި އިންޑިޔާއާއި ދެމެދު އޮތް ގުޅުމުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ލޮޅުން އަރާފަދަ ސިއްރު އެއްބަސްވުންތައް ހަދަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެެ. އެހެން ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެއެވެ. އަދި ރާއްޖެއަށް އިންޑިޔާއިން ދޭ ހިލޭ އެހީއާއި ލޯނު އެހީތައް ދެނީ އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި ރާއްޖޭގެ ބިންތަކަށް އަތްގަދަކޮށް އެމީހުންގެ ނުފޫޒު ގަދަ ކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިޔާ އައުޓްނަމުގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ. މީގެއިތުރުން އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ވަނީ ރާއްޖެ ސަލާމަތް ކުރުމުގެ ނަމުގައި ގައުމީ ކެމްޕޭނެއް ވެސް ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ރެއްކަބޭ

12-Aug-2021

ސިޔާސީ ކަންކަމާއި ނުބެހި ގައުމުގައި ފިތުނަފަސާދަ ނުއުފައްދާ މީހުންނަށް ހެޔޮނަސޭހަތް ދިީ އުޅުން މާ ރަނގަޅުވާނެ. ޢަފްގާނިސްތާނުފަދަ ތަނަކަށް މިގައުމު ހަދައިގެން ވެރިކަން ކުރުމުގެ ތިޔަ ބޯދާ ޖާހިލު ވިސްނުމަށް މިހާރު މީހުން ނުހެއްލޭނެ.


-1

ރެއްކަބޭ

12-Aug-2021

ޢެއްވެސް ހައިސިއްޔަތެއް ނެތް މީހަކު ދައްކާހާވާހައެއް ނޫސްތަކުފައި ޖެހުމަކީ ފިތުނަ ފަސާދަ އުފެއްދުމަށް ކުރެވޭކަމެއް. މީނައަކީ ދީނީ އިލްމިވެރިއްކަމަށް އަމިއްލަޔަށް ހެދިގެން އުޅޭ އަފްގާނިސްތަނުގެ ކަންދަހާރު ޝެއިހެއް. މީނާއަކީ މަޝްހޫރު މީހަކަށްވީމާ މިގޮތަށް ހެދުންއަޅައިގެން އުޅެން މީނާއަށްވަނީ ދީނީ ހައްދުފަހައެޅި ބަޔަކު ވިޔަފާރިފަށާދީފައި. ދެން މީނަކޮޕ÷ކޮށްގެން ތަނެއްދޮރެއް ނުދަންނަ ޖާހިލުބަޔަކު މީނާ ފަހަތުން އުޅެނީ. ޢެމީހުންގެ ބޯކައިގެން ޖިހާދަށް ފޮނުވައިގެން ބޮޑުއަގުގައި ފައިސާ ހޯދަމުންދާ މީހެއްމީ.


-3

ޢަހުމަދު

12-Aug-2021

ގަޓުހުރި ރައީސަކަށް އެފަދަ ބޭފުޅަކީ އޮޅުމެއްނެތްގޮތުގައި ޔާމީން!


-3

ޛުޒާ

12-Aug-2021

ޔާމީން އަށް



ޓްރެންޑިން