ރައްޔިތުންގެ މަަޖިިލީހުގެ ޖަލްސާތަކާ ކޮމިޓީތައް މިހާރު ހިނގަނީ އޮންލައިންކޮށް ވެބްކޮންފަރެންސް މެދުވެރިކޮށް
ރައްޔިތުންގެ މަަޖިިލީހުގެ ޖަލްސާތަކާ ކޮމިޓީތައް މިހާރު ހިނގަނީ އޮންލައިންކޮށް ވެބްކޮންފަރެންސް މެދުވެރިކޮށް
ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ޓޫރިސްޓަކަށް ހަމަލާދިން މައްސަލައިގައި ޕީޖީން ދައުވާ ނުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބަލަން ފަށައިފި އެވެ.

މި މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް ހުށައަޅުއްވައި، އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަތީފް ތާއީދު ކުރެއްވީ މި މައްސަލަ ސިއްރުނޫން ކޮމިޓީއެއްގައި ކުރިއަށް ގެންދިއުމަށެވެ.

ހުޅުމާލޭގައި ތިން ބިދޭސީންނަށް ވަޅިން ހަމަލާ ދިން މައްސަލައިގައި ބަންދުކޮށްފައި ތިބި މީހުންގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ )އަށް ހުށަހެޅި އެވެ. ނަމަވެސް ޕީޖީއިން އެމައްސަލާގައި އެފަރާތްތަކަށް ދައުވާ ނުކުރީ އެކަށީގެންވާ ވަރަށްް ހެކި ނެތިގެންނެވެ.

މިކަމާ ގުޅިގެން ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވީ، މިކަމުގައި މިހާތަނަށް އިވެމުންދަނީ މީޑިއާއިން ބުނާ ވާހަކަތަކެއް ކަމަށާއި، އެގޮތުން ތަޙުޤީޤު ފުރިހަމަ ނުވާތީ، ތަޙުޤީޤު ފުރިހަމަ ކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަށްވާ ކަމަށް ޕީޖީ ވިދާޅުވާކަމަށް މީޑިއާއިން ބުނާ ކަމަށެވެ.

އެގޮތުން ކޮމިޓީން ނިންމާފައިވަނީ ފުލުހުންގެ ފަރާތުންނާއި، ޕީޖީގެ ފަރާތުން މި މައްސަލައިގައި ލިޔުމުން މަޢުލޫމާތު ހޯދުމަށެވެ. ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ހުށައަޅުއްވައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ތާޢީދު ކުރެއްވި ގޮތަށް މި މައްސަލައިގައި ލިޔުމުން މަޢުލޫމާތު ހޯދައިގެން ކުރިއަށް ގެންދިއުމަށް ކޮމިޓީގެ މުޤައްރިރު ވަނީ ނިންމަވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ރާއްޖެޓީވީގައި މިރޭ ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީގައި އެމައްސަލަ ބަލަމުން ދާ ކަމަށާއި އެކޮމިޓީގައި ޕީޖީއިން ދައުވާ ނުކުރީ ކީއްވެގެންކަން ހާމަ ކުރައްވާނެކަމަށެވެ. އަދި 241 ކޮމިޓީގައި ޖަވާބުދާރީ ވުމަށް އެ އޮފީހުން ތައްޔާރު ވަމުން ދާކަމަށްވެސް ޕީޖީ ވިދާޅުވި އެވެ.

އެމައްސަލާގައި ހައްޔަރުކުރި ފަރާތްތަކަށް ދައުވާކުރެވެން ނެތް ކަމަށް ޕީޖީއިން ނިންމުމުން އެމީހުން ދޫކޮށްްލާފައިވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ. ނަމަވެސް ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ ހޯމް މިނިސްޓަރގެ އެދިވަޑައިގަތުމުގެ މަތިން މޮނިކޮން އަމުރު ނެރެ އެމީހުންގެ ފައިގައި ޓެގް އެޅުވުމަށް އަމުރު ކޮށްފައެވެ. މޮނިކޮން އަމުރާއެކު މީހުންގެ ފައިގާ ޓެގް އަޅުވައިގެން މޮނީޓަރ ކުރުމުގެ ބާރު އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލުހުންނަށް ވަނީ ލިބިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން