ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމުގެ ސައްހަކަން ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމެޓީ)އަށް ހުށަހަޅަން ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް، ކާނަލް ނާޒިމް ނިންމަވައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ ބޯޑުން ވަނީ ހަތް އޮފިސަރަކު މަގާމުން ވަކިކޮށްފައެެވެ. ފުލުހުންގެ ބޯޑުގެ އެނިންމުން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ފައްޓަވައިފަ އެވެ. ފުލުހުންގެ ބޯޑުގެ ނިންމުމާމެދު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ފުލުހުންގެ ބޯޑުން ނިންމާފައި އޮތް ނިންމުމަކީ ގާނޫނާ އެއްގޮތަށް، ސައްހަގޮތުގައި ކުރިކަމެއްތޯ ކަށަވަރުކުރަން ޖެހޭ ކަމަށެވެ.



"ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް، ސައްހަގޮތުގައި ކުރިކަމެއްތޯ ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހަޅަން ނިންމައިފިން." ކޮމިޝަނަރު އޮފް ޕޮލިހާއި މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ފުލުހުންގު މުވައްސަސާ ޓެގްކުރައްވައި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

ފުލުހުންގެ ބޯޑުން މަގާމުން ވަކިކުރަން ނިއްމާފައިވަނީ ތިން އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ ފަރުހާދު ފިކުރީ އާއި އަހުމަދު މުހައްމަދު (ޓޫފޯ) އަދި މުހައްމަދު ޖަމްޝީދެވެ. އޭގެއިތުރުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން ސަސްޕެންޑްކުރި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމު މަގާމުން ވަކިކުރުމަށް ފުލުހުން ބޯޑުން ވަނީ ނިއްމާފައެެވެ.

ފުލުހުންގެ އަލަށް އުފެއްދި ބޯޑުގެ ނިންމުމާމެދު އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކޯލިޝަނުން ވަނީ އެ ނިންމުން ރިވިއު ކުރަން ގޮވާލާފައެެވެ. ސަރުކާރުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ވަނީ ގޮވާލާފައެވެ. ފުލުހުންގެ 7 އޮފިސަރުން މަގާމުން ވަކިކުރަން ނިއްމީ ބަދަލު ހިފުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން