މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް)
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް)
ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި، ކާނާ ހޯދުމަށްވުރެ މުހިންމު ކަމެއް މިހާރަކު ނޯންނާނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ޝަރީފް މިއަދު ވިދާޅުވީ، ބައެއް ބޭފުޅުން، ސޮވެރިން ފަންޑުގައި ހުރި ލާރި މިވަގުތު ނެގުން ރަނގަޅު ނޫންކަމަށް ވިދާޅުވިޔަސް، މިއަށްވުރެ ބޮޑަށް އެ ފައިސާ ރައްޔިތުން ބޭނުން ވާނެ ވަގުތެއް އޮތް ކަމަކަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

އަދި "ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި، ކާނާ ހޯދުމަށްވުރެ މުހިންމު ކަމެއް ނޯންނާނެ" ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ، އިޤްތިސާދެއް އޮންނާނީ ރައްޔިތުން ދިރި ތިބެގެން ކަމަށާއި، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް، އެއީ ފައިސާގެ ގޮތުން ކަމުގައި ވިޔަސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ ހުރިހާ ވަސީލަތެއް ރައްޔިތުންނަށްޓަކައި މިވަގުތު ހޭދަ ކުރަން ޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދީ ހާލަތު ހީނަރުވެފައިވާއިރު ގިނަ ރައްޔިތުންނަށް ލިބެމުން އައި އާމްދަނީވެސް މުޅިން ވަނީ ހުއްޓިފައެވެ. ދަޢުލަތުގެ މާލީ ވަޒީރު ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިޞާދު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


5

މުޖޭ

11-May-2020

ޝަރީފު ފާހަގަވެފައިވަނީ އަބަދުވެސް ހަގީގަތަށް ވާހަކަ ދައްކަވާ ގައުމީ ވިސްނުން ހުރި ބޭފުަޅެއްގެ ގޮތުގައި


6

އައްޑޫމީހާ

11-May-2020

ޝަރީފު ގެ ވާހްކަވަރަށް ރަނގަޅު



ޓްރެންޑިން