ޣައިރު ދީނެއް ރަމްޒުކޮށްދޭ ފަދަ ކުރެހުންތަކެއްހުރި ޗޮކްލެޓްތަކެއް ރާއްޖޭގައި ވިއްކާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ އެހެން ދީނެއް ރަމްޒުކޮށްދޭ ކުރެހުމެއް ކުރަހާފައިވާ ޗޮކްލެޓެއް ވިއްކާކަމުގެ ޝަކުވާއެއް ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން، ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ޖެހިގެން އުޅެނީ މަޝްހޫރުގެ ކެޑްބަރީގެ ބްރޭންޑްގެ "ލިކަބަލްސް" ނަމަކަށްކިޔާ ޗޮންލެޓެކެވެ. އެ ޗޮކްލެޓުގެ ބޭރުގައި އިންޑިއާގެ ހިންދޫ ދީން ޕްރޮމޯޓްކޮށްދޭ ކާޓޫން ކެރެކްޓަރތަކެއްގެ ފޮޓޯ ވަނީ ހިމަނާފައެވެ. މިއީ ރާއްޖޭގައި ދެއްކުން މަނާ ކާޓޫނެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު