އަހުމަދު މަސްނޫމް   11 އޯގަސްޓު 2021 - 2:0
ކޯވިޑް ކޭސްތަކަކާއި ގުޅިގެން އަރައިފޭބުން މަނާ ހާލަތުގައި އޮތް ކުޅުދުއްފުށީގެ މޮނިޓަރިންގެ ހާލަތު އުވާލައި އެރަށް ހުޅުވާލައިފިއެވެ.

ކުޅުދުއްފުށީގެ މޮނިޓަރިންގ ހާލަތު އުވާލާފައިވަނީ 17 ދުވަހަށްފަހުއެވެ.

މިދިޔަ މަހުގެ 24 ވަނަ ކުޅުދުއްފުށްޓަށް އަރައިފޭބުން މަނާކުރީ އުމުރުން 13 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެނެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ މިރެއިން ފެށިގެން އެ ރަށުގެ މޮނިޓަރިންގ ހާލަތު އުވާލާފައިވާކަން އެޗްޕީއޭއިން އަންގާފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކުޅުދުއްފުށީ އާންމުހާލަތަށް ގެނައިނަމަވެސް މިއަދުވެސް އެ ސިޓީން ވަނީ ކޯވިޑަށް މީހަކު ޕޮޒިޓިވްވެފައެވެ. ކުޅުދުއްފުށިން އެންމެފަހުން ފެނުނު ކްލަސްޓަރއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 68 އަށް އަރާއިރު، މިވަގުތު އެރަށުގައި ކޯވިޑް ޖެހިފައި ތިބި 48 މީހުން އެބަތިއްބެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުންދިޔަނަމަވެސް އަތޮޅުތެރެއިން އަދިވެސް ކޯވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން