އިންތިޤާލީ އިންސާފު އޮފީހުގެ އޮމްބަޑްސްޕަރސަން އަލްއުސްތާޒާ ޖިހާދާ އަނީސް
އިންތިޤާލީ އިންސާފު އޮފީހުގެ އޮމްބަޑްސްޕަރސަން އަލްއުސްތާޒާ ޖިހާދާ އަނީސް
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހަޅަން ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 13 ޖޫން 2021 އިން 13 އޯގަސްޓް 2021ގެ ނިޔަލަށެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭނީ އިންތިޤާލީ އިންސާފުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނީ އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ އޮފީހަށް މިހާރުވެސް 80 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި އޭގެތެރެއިން 19 މައްސަލައެއް ބަލަމުންދާކަމަށްވެސް އެ އޮފީހުން ބުނެއެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައަޅާފައިވާ ގިނަ މައްސަލަތަކަކީ މަދަނީ މައްސަލަތަކެވެ. އެގޮތުން އެފަދަ 78 މައްސަލައަކާއި ޖިނާޢީ މައްސަލައިގެ ގޮތުގައި 6 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި އެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން 57 މައްސަލަ ހުށަހަޅާފައިވަނީ މަައްސަލަ ހުށައަޅާ ފޯމް މެދުވެރިކޮށް ކަމަށާއި އަދި 27 މައްސަލަ ހުށަހަޅާފައިވަނީ ބަދަލު ހޯދުމަށް ހުށައަޅާ ފޯމް މެދުވެރިކޮށްކަމަށްވެސް އިންތިގާލީ އިންސާފުގެ އޮފީހުން މައުލޫމާތުދެއެވެ.

ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފު ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން އެ އޮފީހަށް ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. މާލީ ބަދަލުގެގޮތުގައި ބަލަނީ މީހާގެ ވަޒީފާއަށް ނުވަތަ ދެވިފައިވާ އަނިޔާއަކާއި ގުޅިގެން ސިއްޙީ ގޮތުން ކުރަންޖެހުނު ޚަރަދުތަކާއި އެނޫން ޚަރަދުތަކުގެ ބަދަލު ނަގައި ދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން