ބިދޭސީން ދިރިއުޅޭ 33 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވާ ކަމަށާއި އޭގެ ތެރެއިން 30 ތަނަކުން ސާމްޕަލް ނަގާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓާސްކްފޯސްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ބިދޭސީން ތޮއްޖެހިގެން އުޅޭ އިތުރު ފަސް ތަނެއް މިހާރު ފެނިފައިވާ ކަމަށެވެ.
އެ އަދަދާއި އެކު ޖުމްލަ 33 ތަނެއް މިހާރު މޮނީޓާކޮށް ބަލަހައްޓަމުންދާ ކަމަށާއި އޭގެ ތެރެއިން 30 ތަނަކުން ވަނީ ސާމްޕަލް ނަގާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ބާކީ ތިން ތަނުން ވެސް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ބިދޭސީން ތޮއްޖެހިގެން އުޅޭ އިތުރު ފަސް ތަނެއް މިހާރު ވަނީ ފެނިފައި. އެހެންވެ ޖުމްލަ 33 ތަނެއް މިހާރު މޮނީޓަރކޮށް ބަލަނީ. މީގެ ތެރެއިން 30 ތަނަކުން ވަނީ ސާމްޕަލް ނެގިފައި. އަދި ބާކީ ތިން ތަނުންވެސް ސާމްޕަލް ނެގުމުގެ މަސައްކަތް އެބަ ކުރޭ." މަބްރޫކް ވިދާޅުވިއެވެ.
ސަރުކާރުން ދަނީ ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުވައިދިނުމަށް 3 ޕްރޮޖެކްޓަކަށް ބަހާލައިގެން އެކޮމޮޑޭޝަން ބްލޮކްތަކެއް ހަދަމުންނެވެ. އެގޮތުން މި އެކޮމޮޑޭޝަން ބްލޮކްތަކުން 2684 ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިދިޔަމަހު މަސައްކަތް ފަށާފައިވާ މިއިމާރާތްތަކަކީ ޕްރީފެބްރިކޭޓް އިމާރާތްތަކެކެވެ. މިމަސައްކަތުގެ 50 އިންސައްތައަށްވުރެ ބޮޑު ބައި މިހާރުވަނީ ނިމިފައެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 835 ފަރާތެކެވެ. އެއީ 279 ދިވެހިންނާއި 556 ބިދޭސީންނެވެ. އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު 719 މީހުން ތިބި އިރު ކަރަންޓީން ފެސިލިޓީ ތަކުގައި ތިބީ 1521 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު