ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް 2 އޯގަސްޓުގައި ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 5000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވާއިރު 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖަހާފައިވެއެވެ. އަދި 235 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 235 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓެކްސްޓައިލްސް ޖަހާފައިވާކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ. ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަކީ 5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.



1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ވެވަޑައިގެން ވަޢުދު ތަކުގެ ތެރެއިން އަތޮޅުތަކުގައި ހިންގާ މުހިންމު ކުދި އަދި ބިޔަ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫޢުތައް ހިންގަނީ އެމްޓީސީސީންނެވެ. އަދި އެކުންފުނިން އަންނަނީ ރައީސް ޞާލިޙުގެ އެވަޢުދުތައް ފުއްދެވުމުގައި ބޮޑު ހިއްސާއެއް އަދާކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން