ޤާނޫނު އަސާސީގައި ބުނާ ޝަރުތު ފުރިހަމަވެ ރައްޔިތުން ތާއީދު ކުރާނެކަން ޔަގީންވަންޏާ ޕްރޮފެސަރ އުގައިލަށްވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ޕްރޮފެސަރ ހަސަން އުގައިލް ރާއްޖޭގެ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަންނަވަން ގަސްދު ކުރަށްވާ ކަމަށާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުން ވެސް ފެނިދާނެ ކަމުގެ އަޑުތައްވެސް ފެތުރިފައިވާއިރު ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން އުގައިލަށް ފާޑުވިދާޅުވަމުން ގެންދަވާ މައްސަލައަށް އިޝާރާތް ކުރަށްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަންވެސް ކުރަށްވާފައިވާ ރީކޯ މޫސަ މިއަދު ވިދާޅުވީ ޝަރުތު ހަމަވެ ރައްޔިތުންގެ ތާއީދު އޮތްކަން ޔަގީންވަންޏާ ކޮންމެ މީހަކަށް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށެވެ. ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕްރޮފެސަރ އުގައި ވާދަކުރައްވާނެ ފަދަ އިޝާރާތެއް ކުރެއްވުމުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން އެކަމާ ކަންބޮޑުވެގެން އުޅޭ ކަމަށް ވިދާޅުވެ މޫސަ ވަނީ އެފަދަ ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.
"ޕްރޮފެސަރ އުގައިލް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ކަހަލަ އިޝާރާތެއް ކުރެއްވީމަ ސިޔާސީ ބައެއް ބޭފުޅުން ތެޅިފޮޅިގަނެގެން މިއުޅެނީ ކީއްވެ؟ ގާނޫނު އަސާސީގައި ބުނާ ޝަރުތު ހަމަވެފަ ރައްޔިތުން ތާއީދު ކުރާނެ ކަމުގެ ޔަގީންކަން އޮތިއްޔާ ކޮންމެ މީހަކަށް ވެސް އޮތް ހައްޤެއްނު؟ ކިޔަވާ މޮޅުވިޔަސް ސަލާމަތެއްނެތް؟" ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތައީދުކުރަށްވާ ރީކޯ މޫސަ ވިދާޅުވެފައި ވެއެވެ.
އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން ޕްރޮފެސަރ އުގައިލް ވަނީ ދިވެހި ގައުމަށް ޚިދުމަތް ކުރެއްވުމުގައި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސިޔާސީ މައިދާނުން އޭނާ ފެނިގެން ދިއުމަކީ ވަރަށް ކައިރި ކަމެއް ކަމަށެވެ. މިކަމާ ގުޅިގެން އުގައިލްގެ ބައެއް ގާތް ބޭފުޅުން ވިދާޅުވެފައިވަނީ ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުން ވެސް އުގައިލް ފެނިގެން ހިނގައިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު