މާލޭ ސިޓީގައި އެއްގަމު އުޅަނދުފަހަރު ގެންގުޅެވޭނެ މިންވަރާއި ޢުމުރު ވަރަށް އަވަހަށް ކަނޑައަޅާނެކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރ މުއިއްޒު މިހެން ވިދާޅުވީ މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭން ހެދުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސިޓީ ކައުންސިލުން ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން މައްޗަން ގޮޅީގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރ ވިދާޅުވީ މާލޭގައި ދުއްވާ ވެހިކަލްގެ އަދަދު ކަނޑައެޅުމުގެ މަސައްކަތަކީ މިހާރު ސިޓީ ކައުންސިލާ މަތިކޮށްފައިވާ މަސައްކަތަކަށްވާތީ، މާލޭ ސިޓީގައި އެންމެ ގިނަވެގެން ގެންގުޅެވޭނެ އެއްގަމު އުޅަނދުފަހަރުގެ އަދަދު ވަރަށް އަވަހަށް ކަނޑައަޅުއްވައި އިޢުލާންކުރައްވާނެކަމަށެވެ. ހަމައެއާއެކު އެކަމާއި ގުޅިފައިވާ ދެވަނަ މަސައްކަތެއްކަމަށްވާ، މާލޭ ސިޓީގައި އެއްގަމު އުޅަނދުފަހަރު ދުއްވޭނެ އެންމެ ދިގު މުއްދަތު ކަނޑައެޅުމުގެ ގޮތުން އެއްގަމު އުޅަނދުފަހަރުގެ އުމުރު ވަރަށް އަވަހަށް ކަނޑައަޅުއްވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މި މަސައްކަތް މިހާރު ލަސްވެފައިވަނީ ޓްރާންސްޕޯޓުން ލިބެންޖެހޭ މައުލޫމާތު ނުލިބިގެން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެއްގަމު އުޅަނދުފަހަރު ގެންގުޅެވޭނެ ޢަދަދު ކަނޑައެޅުމުން މާލޭ ސިޓީގައި ދުއްވާ އުޅަނދު ފަހަރުގެ ޢަދަދު އެއަށްވުރެ އިތުރުވިޔަ ނުދިނުމަށް ކަނޑައަޅަންޖެހޭ މިންގަނޑުތައްވެސް ކަނޑައަޅާނެކަމަށެވެ. އަދި އުޅަނދުފަހަރުގެ އުމުރު ކަނޑައެޅި އެކަން ތަންފީޒު ކުރަން ފެށުމުން އެ އުމުރަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރު މާލެސިޓީގެ މަގުމަތީގައި ނުދުއްވޭނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި މާލޭ ސިޓީގެ މައްޗަންގޮޅި އަވަށުގައި ދިރިއުޅޭ ރައްޔިތުންވަނީ އެއަވަށުގައި ފާހަގަ ކުރެވޭ މައްސަލަތަކާއި ލޭންޑް ޔޫސް ޕްލޭނަށް ގެންނަން ފެންނަ ބަދަލުތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ގިނަ ބަޔަކު ފާހަގަކުރި އެއް މައްސަލައަކީ އެއަވަށުގެ ޕާކް ކުރުމުގެ މައްސަލައެވެ. މީގެއިތުރުން އިމާރާތް ކުރުމުގައި ދިމާވާ މައްސަލަތަކާއި ބިދޭސީންގެ މައްސަލަތައް ވެސް ބައެއް މީހުން ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު